މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ހައިޑްރޯ ފުލޮރޯ ކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެ އެތެރެކުރުން

އިއުލާން

 

ހައިޑްރޯ ފުލޮރޯ ކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެ އެތެރެކުރުން

 

         އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަޤްވާމީ މުއާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް ގެނެވުނު އިސްލާހު "ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް"ގެ ދަށުން 2024 ވަނަ އަހަރު ހައިޑްރޯ ފުލޮރޯ ކާބަންސް ދިވެހިރާއްޖެ އެތެރެކުރާ އަދި ބޭނުންކުރާ މިންވަރު މަދުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ އެޗް.އެފް.ސީ ޝިޕްމަންޓަކަށް ވަކި ހުއްދައެއް ބޭނުންވާނެކަމުގައި ދެންނެވީމެވެ.

 

         ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.

07 ޖުލައި 2020
ހޯދާ