ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދަށް އެހެލާފައިހުރި ދޯނިތަކާއި ގުޅޭ

ފުވައްމުލަކު ބަނދަރު ސަރަހައްދުން ސްލިޕްވޭއާއި ރޯޔަލް ރެސްޓޯރެންޓްއާއި ދެމެދު ސަރަހައްދަށް ދޯނިތައް އެހެލާފައި ހުރީ އިތުރަށް އެސަރަހައްދަށް ދޯނި އެހެލުމަށާއި  ބޭލުމަށް ދަތިވާގޮތަށެވެ. އެހެންކަމުން މާރަމާތު ނުކޮށް ގިނަދުވަސްވެފައި ހުރި ދޯނިތަކާއި، ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ހުރި ދޯނިތައް މިއަދުން (2020 ޖުލައި 08) ން ފެށިގެން 10 ދުވަސްތެރޭގައި އެސަރަހައްދުން ނަގައި ތަން ސާފު ކުރުމަށް އެ ދޯނިތަކުގެ ވެރިފަރާތައް އަންގަމެވެ.

އަދި އެސަރަހައްދަށް އެހެލާއިފައި ހުރި ދޯނިތަކުގެ ވެރިފަރާތް ހޯދުމަށް މިކައުންސިލުން ބޭނުންވާތީ، އެފަރާތްތަކުން 2020 ޖުލައި 22 ވާ ބުދަ ދުވަހު 13:00 ގެ ކުރިން އެކަން ސިޓީ ކައުންސިލް އިދާރާގެ ލޭޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުވުން އެދި ޢާއްމުކޮށް އިޢުލާން ކުރީމެވެ.

08 ޖުލައި 2020
ހޯދާ