އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2020/29

ތާރީޚް: 08 ޖުލައި 2020

 މަޤާމު:

އެކައުންޓްސް އޮފިސަރ

ބޭނުންވާ ޢަދަދު : 1

އަސާސީ މުސާރަ:

މަހަކު 5,000.00 ރުފިޔާ

އެލަވަންސް:

 1. ސާރވިސް އެލަވަންސް: މަހަކު 1,500.00 ރުފިޔާ
 2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
 3. ފޯން އެލަވަންސް: މަހަކު 200.00 ރުފިޔާ
 4. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރްޠުތައް:

 • މަތީ ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިހާނަކުން ދެމާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން  ނުވަތަ ގުޅޭ ދާއިރާއަކުން އެއް ފެންވަރެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން.

ނުވަތަ

 • ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލިބިފައިވުން  ނުވަތަ ގުޅޭ ދާއިރާއަކުން އެއް ފެންވަރެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން.

ނޯޓު: ޕީއޯއެސް އަދި ކުއިކްބުކްސް ފަދަ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

 • ޕޭމްންޓް ރަޖިސްޓްރީ އަޕްޑޭޓްކުރުން.
 • ޕެޓީކޭޝްއާއި ޕީވީއަށް ނެގޭ ކޭޝް ބެލެހެއްޓުން.
 • ކަނޑައެޅިފައިވާ އުސޫލުގެ މަތިން، އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
 • ކުންފުނީގެ އަހަރީ އޮޑިޓަށް ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
 • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

ނޯޓް:

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
 • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
 • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2020 ވަނަ ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

08 ޖުލައި 2020
ހޯދާ