މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން ނަންބަރު: IUL)438-WMPC/438/2020/115) 

ޕްރޮޖެކްޓް ނަންބަރު: MV-MEE-159364-CS-INDV  

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ އޮޑި ދޯނި ފަހަރާއި ކަނޑު އުޅަނދު ފަރުމާކުރުމާއި  ސުޕަވިޝަން ކޮންސަލްޓެންސީ ގެ ޙިދުމަތްދޭ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ،މި  މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 

 

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" ނެޝަނަލް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ. 

މި މސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

 

·         ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)

·         މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.

·         މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް

·         ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ

·         ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

 

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ "ސިލެކްޝަން  އޮފް އިންޑިވިޖުއަލް ކޮންސަލްޓެންޓްސް" ގެ އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.އެފް.ޕީ. އެފް ބޮރޮވަރސް"(ޖުލައި -2016 ) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް) އުޞޫލުންނެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށްދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

 

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ނަންބަރު: +960 3018300

އީމެއިލް:  [email protected]

  

07 ޖުލައި 2020
ހޯދާ