މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                           ނަންބަރު: IUL)303-AS/2020/29)              

އިޢުލާން

 

  1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށް

 

             1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ނިންމާފައިވާތީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމްބަރ 142-C2/CIR/2020/51  ( 02 ޖުލައި 2020 ) ގެ ސާރކިއުލަރއިން މިކައުންސިލަށް އަންގަވާ ފައިވާތީ ދަންނަވަމެވެ.

           މިއަހަރު ( 1441 ) ފިޠުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް މިނިސްޓްރީން ވަނީ ޢާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ. މި ފުރުޞަތަކީ މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މީގެ އިތުރުން ދަފްތަރުން ވަކިވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ސިޓީހުށަހެޅުމަށްވެސް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

            މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 06 ޖުލައި 2020 ން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ.

           އަދި ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.

           މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          15 ޛުލްޤައިދާ 1441     

          06 ޖުލައި   2020     

 

07 ޖުލައި 2020
ހޯދާ