ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓާރ ކޯޕަރޭޝަން އިން ސ. ހިތަދޫގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ކޯޕަރޭޝަންގެ އައްޑޫ ސިޓީ ހިތަދޫ ގޮފި ހިންގުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫ އިން ޖާގައިގެގޮތުން 600 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން 4 ޖުލައި 2020 ގައި ކުރި އިއުލާނުގެ ގޫގުލް ރަޖިސްޓްރޭޝަން ފޯމުގައި ގުޅޭނެ ނަންބަރު ނުލިޔެވޭ ގޮތަށް ހުރުމުން އެކަން އިސްލާހު ކުރުމަށްފަހު ރަޖިސްޓްރީ ކުރުމުގެ މުއްދަތު 7 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 3 ޖެހުމާއި ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. މިކަން މިހެން ހުރުމާއި އެކުވެސް ވަރަށް ގިނަ ބޭފުޅުންވަނީ ފޯމުގެ ސުވާލު ބައިގައި ފޯން ނަންބަރު ޖައްސަވާ ނުވަތަ އީމެއިލްގެ ޒަރިއްޔާއިންވެސް ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާފައި ކަންވެސް ފާހަގަ ކޮށްލަމެވެ. ތިރީގައި މިވަނީ  4 ޖުލައި 2020 ގައި ކުރި އިއުލާނުގެ ގެޒެޓް ލިންކެވެ.

ލިންކް:https://gazette.gov.mv/iulaan/view/131023

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ "ޒޫމް" މެދުވެރިކޮށް 8 ޖުލައި 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރެވެ. އެހެން ކަމުން މާދަމާ (7 ޖުލައި 2020) މެންދުރު 3 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ ބޭފުޅުންނަށް އީމެއިލްގެ ޒަރިއްޒާއިން "ޒޫމް" އިންފޮމޭޝަން ސެޝަންގެ ލިންކް ހިއްސާ ކުރެވޭނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7913535 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ރަޖިސްޓަރ ކުރައްވާއިރު ގޫގުލް ފޯމް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖުލައި 2020
ހޯދާ