މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފުތަރު ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުންދަނީ ކުރަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުން ވަނީ 05 ޖުލައި 2020 އިން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 05 ޖުލައި 2020 އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:00 އަށެވެ. ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ. އަދި ކުރިން ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ ހާލަތު ބަދަލުވުމާއިގުޅިގެން ރަޖިސްޓްރީން އުނިކުރުމަށް ބޭނުންވާނަމަ، މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒަށް އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށްޓަކައި ސިޓީއެއް މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

ވީމާ،  މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ޛުލްޤާޢިދާ 1441

05 ޖުލައި 2020
ހޯދާ