ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުން

1440ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކްއެފެއާރޒްއިން ވަނީ ފަށާފައެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 06 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން  12:00 އަށެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާފޯމް މި ކައުންސިލްގެ އިދާރާއިން އަދި މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިންނެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްގެ ހާލަތު ބަދަލުވުމާއި ގުޅިގެން ރަޖިސްޓަރީ އިން އުނިކުރުމަށް ބޭނުންވާނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށްޓަކައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2020
ހޯދާ