ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

 

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ސަފްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އަދަދު

ތަފްޞީލް

45

ސެނިޓައިޒަރ ފުޅި  500 އެމްއެލް

450

ޑިސްޕޯސަލް މާސްކު

20

ޑިސްއިންފެކްޓް ސޮލިއުޝަން 500 އެމްއެލް

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2020 ވަނަ ދުވަހުގެ 13:30 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

 

މަޢުލޫމާތު

 

  1. ހުށަހަޅުއްވާ ކޯޓޭޝަންގައި ޖުމުލަ އަގު (ޖީއެސްޓީއާއެކު) ތަފްސީލް އެނގޭނެހެން ބަޔާންކޮށްފައި އޮންނަށްވާނެއެވެ.
  2. ތަކެތި ފޯރުކޮށްދިނުމަށް އަގު ހުށަހަޅަންވާނީ ކްރެޑިޓަށް ކޮށްދެވޭނެ އަގެކެވެ.
  3. ކޯޓޭޝަންތައް ހުށަހެޅުމަށް ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.
  4. އިވެލުއޭޝަންގައި މާކްސް ދިނުމާއި، ތަކެތި ފޯރުކޮށްދިނުމަށް ހަވާލުކުރުމުގައި ބަލާނީ އެންމެ އަގުހެޔޮކޮށް އަދި އެންމެ ކުޑަ މުއްދަތެއްގައި ތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތަކާއެވެ. އެގޮތުން އަގަށް 75 އިންސައްތަ މާކްސް އަދި ތަކެތި ފޯރުކޮށްދޭ މުއްދަތަށް 25 އިންސައްތަ މާކްސް ދެވޭނެއެވެ.
  5. ތަކެތި ފޯރުކޮށްދޭނެ މުއްދަތު ޖަހާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
  6. ކުންފުނި، ޕާޓްނަރޝިޕް އަދި ލޯކަލް އިންވެސްޓްމަންޓެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަންގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  7. މަޢުލޫމާތު ސާފުކުރެއްވުމަށް 7477717 އަށް ގުޅުއްވުން އެދެމެވެ.
06 ޖުލައި 2020
ހޯދާ