ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
• އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މި އިޢުލާންވަނީ 05 ޖުލައި 2020 12:35 ގައި ބާތިލް ކުރެވިފައެވެ.


ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

މާލެ، ދިވެހިރާއްޖެ

އެޗް.ޑީ.އެފް.ސީގެ އޮފީސްތެރެ ފޮޅާ ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

އިއުލާން ނަންބަރ: (IUL)HDFC/2020/11 (05 ޖުލައި 2020)

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ސުންގަޑި: 12 ޖުލައި 2020، 14:00އަށް

މަޢޫލޫމާތު ސާފުކުރުމަށް: 3334666 

ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު

  • ހަފްތާއެކު 05 ދުވަހު އަމިއްލަ ތަކެތީގައި އޮފީސްތެރެ ފޮޅާ ސާފުކޮށް، ފެންފޮތިލާ ހެދުން (މީގެ ތެރޭގައި ފާރުތަކާއި، ސީލިންގ އާއި ބިއްލޫރިތައް ފޮހުމާއި، މޭޒުތަކާއި ގޮޑި އަދި ފާހާނާ ސާފުކުރުމާއި ވެކިއުމް ކުރުން)
  • މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 12 މަސްދުވަހަށެވެ.
  • މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު މިއިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް (ޑައުންލޯޑްސް) އިން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އަގާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  • ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މިހާތަނަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައި އަދި ދެމުން ގެންދާ ތަންތަނުގެ ލިސްޓެއް
  • ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަންތަނުން ދޫކޮށްފައިވާ ރިފަރަންސް ސިޓީތައް
  • ތަނުގެ މުވައްޒިފުންގެ އަދަދު
  • މިމަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތަކުގެ ލިސްޓެއް
  • މިމަސައްކަތް ރާވައިގެން ގެންދަން ގަސްތު ކުރާ ގޮތުގެ  ތާވަލްއަކާއި ކުރު ޚުލާސާއެއް
  • މިފަދަ މަސައްކަތުގެ ތަޖުރިބާ ތަނުގައި ތިބި މުވައްޒިފުންނަށް ލިބިފައިވާ މިންވަރު އަންގައިދެވޭނެ ލިޔުމެއް

އެވޯޑްކުރުމުގައި ބަލާނެ ކަންތައްތައް

  • މިފަދަ މަސައްކަތް ކުރުމަށް ކުންފުންޏަށް ނުވަތަ އެފަރާތަކަށް ލިބިފައިވާ ތަޖުރިބާ – 10 މާރކްސް
  • ހުށަހަޅާ އަގު-80 މާރކްސް
  • މަސައްކަތް ކުރުމަށް ގެންގުޅޭ މީހުންނާއި އާލާތްތައް – 10 މާރކްސް

އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީއުރަ އެޑްރެސްކުރެވިފައި ހުންނަންވާނެ ގޮތް

  • ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި "އެޗް.ޑީ.އެފް.ސީ ގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުން"  މިހެން ލިޔެފައި އޮންނަން ވާނެއެވެ.
  • އަދި ސިޓީ އުރައިގެ ބޭރު އެޑްރެސް ކުރައްވާނީ:
  • ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ
  • އެސިސްޓަންޓް ޖެނެރަލް މެނޭޖަރ -  އެޑްމިންސްޓްރޭޝަން

 

05 ޖުލައި 2020
ހޯދާ