މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފުރަބަންދަށްފަހު "ނިއު ނޯމަލް"ގެ ތެރޭގައި މި މިނިސްޓްރީގެ ލޭބަރ ސެކްޝަނުން ދެވޭ ޚިދުމަތްތަކާ ބެހޭ

ފުރަބަންދަށްފަހު "ނިއު ނޯމަލް"ގެ ތެރޭގައި މި މިނިސްޓްރީގެ ލޭބަރ ސެކްޝަނުން ދެވޭ ޚިދުމަތްތަކާ ބެހޭ 

މި މިނިސްޓްރީގެ ޢިއުލާން ނަންބަރު: (IUL)101-AF/1/2020/88  (08 މެއި 2020) އަށް ހަވާލާދީ ދަންނަވަމެވެ.

ފުރަބަންދަށްފަހު ސަރުކާރުގެ އިދާރާތައް "ނިއު ނޯމަލް"ގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާތީ، މި މިނިސްޓްރީގެ ލޭބަރ ސެކްޝަނުން ދެވޭ ޚިދުމަތްތައް 05 ޖޫން 2020 އިން ފެށިގެން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އަންނަނިވި ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ހުރަވީ ބިލްޑިންގ ގެ މި މިނިސްޓްރީގެ ކައުންޓަރުތަކުން އާންމުންނަށް ދެވޭ ޚިދުމަތްތައް އެޕޮއިންޓްމަންޓް އާއި އެކު ފޯރުކޮށްދެވޭގޮތުގެ އިންތިޒާމް ހަމަޖެހިފައިވާކަން، އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

  1. އޮންލައިން ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް
  2. އައު ކޯޓާއަށް ހުށައެޅުން
  3. ކޯޓާގެ މުއްދަތު އިތުރުކުރުން
  4. ކޯޓާ އިތުރުކުރުމާއި މަދުކުރުން
  5. އައު އެމްޕްލޯއިމަންޓް އެޕްރޫވަލަށް ހުށައެޅުން
  6. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުން
  7. ވަޒީފާ ދޭފަރާތް ބަދަލުކުރުން
  8. މަސައްކަތްކުރާ ވާރކް ސައިޓް ބަދަލުކުރުން
  9. އޮކިއުޕޭޝަން ބަދަލުކުރުން
  10. އެމްޕްލޯއިމަންޓް އެޕްރޫވަލް ބާޠިލްކުރުން
  11. ޑިޕޮސިޓް ރިފަންޑް ކުރުން
  12. ރެގިއުލަރައިޒޭޝަންގެ ޚިދުމަތްތައް

 

އިސްވެދެންނެވިފައިވާފަދައިން ހުރަވީ ބިލްޑިންގ ގެ މި މިނިސްޓްރީގެ ކައުންޓަރުތަކުން ޚިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓަށް އެދި، [email protected] އީމެއިލް މެދުވެރިކޮށް ހުށައެޅޭނެ ކަމުގައި ދެންނެވީމެވެ.

މިދުވަސްތަކުގެ ތެރޭގައި މި މިނިސްޓްރީގެ ލޭބަރ ސެކްޝަންގެ މުވައްޒަފުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް (ހެނދުން 8:00 އިން މެންދުރު 12:30 އަށް، އަދި މެންދުރު 13:00 އިން ހަވީރު 17:30 އަށް) ކަމުގައި އާންމުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މިނިސްޓްރީއިން އާންމުކޮށް އަންގާ އިޢުލާނުކުރެވިފައިވާ ލޭބަރ ސެކްޝަނުން ދެވޭ ޚިދުމަތަކާގުޅޭ ނަންބަރުތަކުގެ ފޯނުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް މައުލޫމާތު ސާފުކުރެއްވޭނެ ކަމުގައި ދެންނެވީމެވެ.

05 ޖުލައި 2020
ހޯދާ