މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވާރކްވީޒާ ފީ އާއި ގުޅޭ

މިމުއައްސަސާ އަކީ ވީޒާއާއި ގުޅުންހުރި އެކިއެކި ކަންކަމުގައި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ޚިދުމަތް ހޯދުމަށް އަންނަތަނެކެވެ. ކޮވިޑް-19 އާއި ގުޅިގެން އާ އާންމު ޙާލަތަށް ރުޖޫޢަވެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މިބަލި ފެތުރުން މަދުކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިމުއައްސަސާއިން މިދަނީ އަޅަމުންނެވެ. މިގޮތުން  އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ޚިދުމަތްތަށް، އޮންލައިންކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

            ވީމާ، 05 ޖުލައި 2020 އިން ފެށިގެން ވީޒާފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށްކަމުގައި ދެންނެވީމެވެ.  މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، މިޢިދާރާގެ ފޯނު ނަންބަރު 9199153 (ވާރކް ވީޒާ ހޮޓްލައިން)، އަށް ގުޅުއްވުމަށް ދެންނެވީމެވެ.

04 ޖުލައި 2020
ހޯދާ