މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިރަނަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އެސިސްޓަންޓް ބޯޓް ބިލްޑަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާި ނަތީޖާއަށް ބެލުމަށްފަހު

މުސާރަ އާއި އިނާޔަތްތައް:        

  •  11,000 – 12,000.00 ރ. އާއި ދެމެދު.
  • ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި ސައިޓްގައި

ޝަރުޠު                 

  • ކިއްސަރު ވަޑާން ކުރަން ދަންނަ ފަރާތެއްކަމުގައިވުމާއިއެކު މަދުވެގެން 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި އޮޑިދޯނިފަހަރުގެ ވަޑާމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްކުރުން؛ މިމަސައްކަތް ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމް:

ފައިބަރގްލާސް ޓެކްނީޝަން

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ:        

  • ,9,100 – 10,100.00 ރ. އާއި ދެމެދު.
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި ސައިޓްގައި

ޝަރުޠު                 

  • ބޯޓްޔާރޑުގެ ފައިބަރގްލާސް މަސައްކަތްކުރުމުގެ ހުނަރު އަދި މި ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި ބޯޓުފަހަރު މަސައްކަތްކުރުމަށް ބޭނުންވާ ފައިބަރ މަސައްކަތްތައް  ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ސުޕަރވައިޒްކޮށް މިމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމް:

ކުރޫ  

ބޭނުންވާ އަދަދު:           

1

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް:

  •  6,600ރ
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

މާލެ އާއި ތިލަފުއްޓާއި ދެމެދު ދަތުރުކުރާ ފެރީގައި

ޝަރުޠު:                 

  • އަސާސީ ތައުލީމު ފެންވަރު
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.  މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • މާލެ އާއި ތިލަފުއްޓާއި ދެމެދު ދަތުރުކުރާ ފެރީގެ ފަޅުވެރިއެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އޮޕަރޭޓަރ އަންގާ ގޮތުގެމަތިން ކުރުން

ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިވިޜަންށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ޓެކްނިލަލް ސުޕަރިންޓެންޓެންޓް (1)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު(

މުސާރަ(އެލަވަންސް ތަކާއިއެކު):        

  • ދެފަރާތް އެއްބަސްވާގޮތުގެ މަތީން.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ރިޓަޔަރމަންޓް ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ތިލަފުށި

ޝަރުޠު                 

  • ސެޓްފިކެޓް އޮފް  ކޮމްޕީޓެންސީ ކްލާސް 1 ،– މެރިން ޗީފް އިންޖިނިއަރ (STWC މިންގަނޑަށް ފެތޭގޮތަށް އުޅަނދަށް ކޮންމެހެން ބޭނުންވާނެ ލައިސަންސްތަކައި އެގްޒޭމިނޭޝަންތައް ހިމެނޭގޮތަށް) ފުރިހަމަ ކޮށްފައިވުން.
  • ނުވަތަ ޑިޕްލޮމާ އިން މެރިން އިންޖިނިއަރިންގ ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ފުރިކަމަކޮށްފައި ވުމާއިއެކު މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އެންމެ ކުރުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބާޠިލުނުވާނެފަދަ ފަހުގެ މެޑިކަލް ސެޓްފިކެޓެއް.  
  • ޗީފް އިންޖިނިއަރ  މަގާމު އަދާކުރުމަށް ބެނުންވާ ސީއޯސީ ލައިސެންސް ލިބިފައިވުން.  
  • STCW ގެ ސެކްޝަން A-III/2 ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަޖުރިބާ ޙާސިލްކޮށްފައިވުން.
  • ބޭސިކް އަދި އެޑްވާންސް ސޭފްޓީ ޓްރެއިނިންގ ކޯސްތައް ފުރިހަމަކޮށްފައިވުން.
  • ޕްލޭންޑް މެއިންޓެނަންސް ސިސްޓަމް ނުވަތަ ސޮފްޓްވެއަރތަކަށް އަޙުލުވެރި ވުމާއިއެކު މައިކްރޯސޮފްޓް ޕެކޭޖަށް ފަރިތަވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިވިޜަންގެ އުޅަނދުތަކާއި މެޝިނަރީތަކަށް ބޭނުންވާ މަރާމާތްތައް ދުރާލައި ރާވައި މޮނީޓަރކޮށް އޮޕަރޭޝަނަށް ދަތިނުވާނެހެން ކުރިއަށްގެންދިއުމުގެ އެންމެހައި މަސައްކަތްތަކެއް ކުރުން. އަދި އެ މަސައްކަތްތަށް ކޯޓިނޭޓްކޮށް ބެލެހެއްޓުން. 
  • މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ ތަފްސީލު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 09 ޖުލައި 2020 އާއި 16 ޖުލައި 2020 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001127 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

04 ޖުލައި 2020

04 ޖުލައި 2020
ހޯދާ