މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި ކަނޑައެޅުން

އިޢުލާން

 

ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި ކަނޑައެޅުން

 

ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ލުއި ދިނުމަށް ނިންމުމާއި ގުޅިގެން، 01 ޖުލައި 2020 އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ފަތިހު 5:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

    

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކާއި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

 

ވީމާ، މި އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

30 ޖޫން 2020
ހޯދާ