މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާއަށް ގެނެވިފައިވާ ތަކެތި ވަގަށް ގެންދިއުމާއި ގުޅޭ

އިޢުލާން

ނަރުދަމާއަށް ގެނެވިފައިވާ ތަކެތި ވަގަށް ގެންދިއުމާއި ގުޅޭ

 މިހާރަކަށް އައިސް ބަނދަރުގެ އިރުމަތީ ހުސްބިމުގައި ( ނަރުދަމާއަށް ގެނެވިފައިވާ ތަކެތި ބެހެއްޓުމަށް ޙާއްޞަ ކުރެވިފައިވާ ) ބިމުގައި ބެހެއްޓިފައިވާ ހިލަ، ހިލަވެލި، ވެރިފަރާތަށް އަދި މިކައުންސިލަށް އެންގުމަކާ ނުލާ، އަމިއްލަ ބޭނުންތަކަށް ބައެއް ފަރާތްތަކުން ގެންދަމުން ދާތީ ދަންނަވަމެވެ.  މިރަށުގެ ނަރުދަމާ އެޅުމުގެ މަސައްކަތް ނިމިފައިނުވުމާއި އަދި މިމަސައްކަތަކީ އެސް.ޓީ.އޯ އިން ތަކެތި ފޯރުކޮށްދީގެން ކުރަމުން ގެންދާ މަސައްކަތަކަށްވުމާއި އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުންވެސް އެއްވެސް އެއްޗެއް މިކައުންސިލާ ހަވާލުކޮށްފައިނުވާތީ، މިކައުންސިލްގެ ފަރާތުން އެއްވެސް މީހެއްގެ އަމިއްލަ ބޭނުމަށް ނަރުދަމާގެ މަސައްކަތަށް ގެނެވިފައިވާ އެއްވެސް އެއްޗެއް މަސައްކަތް ކުރާ ކުންފުނީގެ ސުޕަރވައިޒަރަށްވެސް އެންގުމަކާނުލާ އެއްވެސްތާކުން ނަގައިގެން ގެންދިއުމަށް އެއްވެސް މީހަކަށް ހުއްދަ ދީފައިނުވާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ނަރުދަމާގެ މަސައްކަތަށް ގެނެވިފައިވާ ހިލަ، ހިލަވެލި، ގައު އަދި މިނޫންތަކެތި މަސައްކަތް ކުރާ ފަރާތުގެ ހުއްދަ ނުހޯދާ އެއްވެސް ފަރާތަކުން އެތަކެތި ގެންގޮސް ބޭނުން ނުކުރުމަށް އަންގާ ނަސޭހަތްތެރިވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 08 ޛުލްޤާއިދާ 1441

29 ޖޫން 2020
ހޯދާ