އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތަކާއި ގުޅޭ

އިޢުލާން

           މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ތިރީގައި މި ދަންނަވާ 05 ކޯސް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

-       ނޭޝަނަލް ސެޓްފިކެޓް 03 އިން ރޫމް އެޓެންޑެންޓް

-       ނޭޝަނަލް ސެޓްފިކެޓް 03 އިން ޕޭސްޓްރީ އެންޑް ބޭކަރީ

-       ނޭޝަނަލް ސެޓްފިކެޓް 03 އިން ފުޑް ޕްރިޕެރޭޝަން

-       ނޭޝަނަލް ސެޓްފިކެޓް 03 އިން ފްރޮންޓް އޮފީސް

-       ނޭޝަނަލް ސެޓްފިކެޓް 03 އިން ފުޑް އެންޑް ބެވެރެޖް ސާރވިސަސް ޕާރސަނަލް

މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އީމެއިލް:[email protected]  އަށް، 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މެއިލްކުރުމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.

 ކޯސްތަކުގެ މުއްދަތަކީ ½5 މަސް ދުވަހެވެ. ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ½1 މަސްދުވަހަށް އޮންލައިންކޮށް، 04 މަސް ދުވަހަށް އިންޑަސްޓްރިއަލް ކޮށެވެ. އެގޮތުން، އިންޑަސްޓްރިއަލް ކޮށް ހިންގޭ ޓްރޭނިންގް ކުރިއަށް ދާނީ އައްޑޫސިޓީގެ ކައިރި ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކުގައެވެ.

ވީމާ، ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯހަށް އެދި ހުށަހަޅާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަވަށު އޮފީސް ތަކުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓްwww.adducity.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

07 ޒުލްގައިދާ 1441

28 ޖޫން 2020
ހޯދާ