ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސުޕަރވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އިޖުތިމާޢީ ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 225/- (ދުވިސައްތަ ފަންސަވީސް) ރުފިޔާ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު

  • ހެނދުނު 06:00 އިން 10:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.
  • މެންދުރުފަހު 14:00 އިން 18:00 އަށް.

ތަޢްލީމީ ފެންވަރު:

1-   ޖީސީއީ އޯލެވެލް ، ކޭމްބްރިޖު އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން C ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން C ގްރޭޑް ޙާޞިލުކޮށްފައި ވުން.

 

ނުވަތަ

2-   ގްރޭޑް 10 އިން ފާސްވެފައިވުމާއެކު ބަނދަރު ބެލެހެއްޓުމާއި ރަށުތެރެ ބެލެހެއްޓުމުގެ ހުނަރުވެރިކަން ލިބިފައިވާކަން އެނގޭނެ ލިޔުމެއް އޮތުން ނުވަތަ ސުޕަރަވައިޒަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މައިކްރޯ ސޮފްޓް ވޯރޑް އެކްސެލް އަދި ޕަވަރޕޮއިންޓުގައި އިނގިރޭސި ބަހާއި ތާނަ އަކުރު ފަރިތަކަމާއެކު ޓައިޕްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ އިޖުތިމާޢީ ސަރަޙައްދުތަކާއި ކުޅިވަރު ކޯޓުތަކާއި ބޯޅަ ދަނޑާއި ޕާކުތަކާއި އެހިނިހެން ސަރަޙައްދުތައް ސާފުކޮށް ޒީނަތްތެރިކޮށް ބޭއްވުމަށާއި ރަށްފެހި ކުރުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި މަސައްކަތު މީހުން ގޮވައިގެން ހެނދުނާއި ހަވީރު ސަރަޙައްދުތައް ސާފުކޮށް ގަސްއިންދައި ބަލަހައްޓާ، މުވައްޒަފުންނަށް މަސައްކަތް ދައްކާ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
  2. ރަށްވެހިކަމުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް، މުނިސިޕަލް ސާރވިސް އޮފިސަރުންނަށް ރިޕޯޓް ކުރުން.
  3. ރަށުގެ ޤަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ސުޕަރވައިޒްކޮށް ބެލެހެއްޓުމާއި ކަށުކަމާކެމީގެ އިންތިޒާމްތަކުގެ ތެރެއިން ކަށްވަޅުކޮނުމުގެ މަސައްކަތް ސުޕަރަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްތެރިން މެދުވެރިކޮށް ކުރުވައި ސުޕަރަވައިޒަރަށް ރިޕޯޓް ކުރުން.
  4. ރަށުގެ ހޭޅި އަދި އަތިރިމައްޗާއި މޫދަށް އެރޭ ސަރަޙައްދުތަކާއި ފަޅުތެރޭގެ ކުނި ހުރިތޯ ދުވަހުން ދުވަހަށް ބަލައި ޗެކުކޮށް، އެތަންތަނުން ކުނިނަގައި ސާފުކުރުމުގެ މަސައްކަތް ކުރުވުން.
  5. އިދާރާއިން ކުރިޔަށް ގެންދާ ދޮންވެލި ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން، އުޅަނދުތަކަށް ދޮންވެލި ބަރުކުރެވޭ މިންވަރު ގުނައި ޙިސާބުކޮށް ރެވެނިއު އޮފިސަރަށް މަޢްލޫމާތު ދިނުން.
  6. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތަތުގެ ދާއިރާގެ ތެރެއިން އިދާރާއިން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުމާއި، މަސައްކަތުގެ މަޢްލޫމާތު ދުވަހުން ދުވަހަށް ސުޕަރވައިޒަރަށް ރިޕޯޓް ކުރުމާއެކު މަސައްކަތުގެ ދުވަހު ރިޕޯޓް ތައްޔާރުކުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

01 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

22 ޖޫން 2020
ހޯދާ