އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު ވޭސްޓް މެނޭޖްމެންޓް ސެންޓަރއަށް ގެނެވޭ ކުނިވާ ޒާތުގެ ތަކެއްޗާއި، އަޅި އަދި ބިއްލޫރި ފަދަ ތަކެތި ކައުންސިލުން ކަނޑައަޅާ އުސޫލަކާއި އެއްގޮތަށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

އއ. އުކުޅަހު ވޭސްޓް މެނޭޖްމެންޓް ސެންޓަރއަށް ގެނެވޭ ކުނިވާ ޒާތުގެ ތަކެއްޗާއި، އަޅި އަދި ބިއްލޫރި ފަދަ ތަކެތި ކައުންސިލުން ކަނޑައަޅާ އުސޫލަކާއި އެއްގޮތަށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 10:00 މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،07 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައި އޮންނަ ސިޓީ އުރައެއްގައެވެ.

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އއ. އުކުޅަހު ކައުންސިލް އިދާރާގެ ނަންބަރު 6660536 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 ޖޫން 2020
ހޯދާ