މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ، އަދި ފޯމް ބާޠިލްވެފައިވާ ފަރާތްތަކުގެ ވަގުތީލިސްޓް އަލުން ޢާއްމުކުރުން.

އިޢުލާން

ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ،އަދި ފޯމް ބާޠިލްވެފައިވާ ފަރާތްތަކުގެ ވަގުތީލިސްޓް އަލުން ޢާއްމުކުރުން           

        ކ.ހިންމަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު އިޢުލާން (IUL)335-AS/335/2020/17 އާއި ގުޅިގެން ޝަރުތު ހަމަނުވާ އަދި ފޯމްބާޠިލްވެފައިވާ، ވަގުތީ ލިސްޓަށް ރިޢާޔަތްކޮށް ރައްޔިތުންގެ ޝަކުވާތަކަށް ބަލާ ގޯތިކޮމެޓީއިން މިކަމުގައި މިނިސްޓްރީއޮފް ހައުސިންގ އެންޑް އާރބަން ގެ ލަފާހޯދުމަށްފަހު އެލިސްޓް ބާތިލް ކޮށް އަލުން ރިވިއު ކުރުމަށްފަހު މިއިޢުލާނާއިއެކު، ވަޤުތީލިސްޓް ޢާއްމު ކުރަމެވެ.

         ވީމާ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާ އެއްހުށަހަޅަން ބޭނުންވާނަމަ، "ކ. ހިންމަފުށިން ދޫކުރާ 100 ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް " ފުރުމަށްފަހު 01 ޖުލައި 2020 ވާ ބުދަ ދުވަހުގެ ގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގެ މެއިލްއަށް [email protected] ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

         ޝަރުތުހަމަނުވާ، އަދި ފޯމް ބާޠިލްވެފައިވާވަގުތީ ލިސްޓްގައިވާ ފަރާތްތަކުން ހުށަހަޅުއްވާ ޝަކުވާތަކަށް ހިންމަފުށީ ކައުންސިލް އިދާރާއިން މެއިލްގެ ޒަރީޢާއިން ޖަވާބު ލިބިލައްވާނެއެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

24 ޖޫން 2020
ހޯދާ