ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ އިން ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފުކުރުމާއި ގުޅޭ

ކުނަހަންދޫ އިން ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަށް ސާފުކުރުމާއި ގުޅޭ

           

            ދައުލަތުން ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތިތެރެ ސާފްކުރުމާއި، ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފްކޮށް ބެލެހެއްޓުމަށް ސަރުތުކޮއްފައިވެއެވެ. އަދި ގޯއްޗާއި ބެހޭގޮތުން އަމަލު ކުރަންވީ ގޮތުގެ އުސޫލު ގޯތީގެ ރަޖިސްޓްރީ ސެޓްފިކެޓްގައިވެސް ބަޔާންކުރެވިފައިވާނެއެވެ. އެހެންނަމަވެސް މި އުސޫލާއި ހިލާފައް ބައެއް ގޯތިތަކުގައި ގަސްހެދި ވިނަ ބޯވެ، މަގުމައްޗާއި ގޯތިތެރެ ވަރަށް ބޮޑަށް ނުސާފްކޮށް އޮންނަކަން ފާހަގަ ކުރެވެެއެވެ. މިގޮތަށް ނުސާފުކޮށް އޮތުމުގެ ސަބަބުން އާންމު ރައްޔިތުން ހިގާބިގާވެ އުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ގޯތި ރަޖިސްޓްރީ ކޮއްދޭއިރު ގޯތި ހަވާލުކުރެވޭތާ 6 މަސް ދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ނުވަތަ ފުޅައް އަޅަންވާނެކަމާއި ގޯޗާއި ގޯތީގެ މަގު ސާފްކޮށް ބަލަހައްޓަންވާނެ ކަމަށް ބަޔާންކުރެވިފައި ވެއެވެ.

           މިހާތަނަށް ކުނަހަންދޫއިން ދުކުރެވިފައިވާ ހުރިހާ ގޯތިތަކުގައި ފޫޓް އެޅުމަށްފަހު ވެރިފަރާތާއި  ލިޔުމުން ވާނީ ހަވާލު ވެސް ކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކެއްވަނީ ސާފުނުކޮށް ގަސްބޯވެ ގޯތި ވަކިކުރަން ނޭގޭ ވަރަށް ވިނަވެފައެވެ. އެހެންކަމުން 15ޖުލައި 2020 ވާ ބުދަދުވަހުގެ 2:00ގެ ކުރިން ގޯތި ސާފުކޮށް ފޫޓް އެޅޭ ވަރުކުރުމަށްފަހު މި ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. ދެން ފޫޓް އަޅައި ދެވޭނީ މި މުއްދަތުގެ ފަހުން ބިން ސާފްކޮއްފައި ކައުންސިލަށް ދެއްކުމުން ކަމުގައި ދަންނަވަމެވެ. އަދި ގޯތިތަކުގައި ފޫޓް އަޅަން ދެވޭނީ އެ ގޯތި ހިމެނޭ ބުލޮކު އެއްކޮށް ކަމުގައި ވެސް ދަންނަވަމެވެ. އަދި މި ބުނި މުއްދަތުގެ ފަހުން ފޫޓް އަޅައި ގޯތީގެ އިން ވަކިކުރުމަށް ފަހު ވެރިފަރާތުގެ އިހުމާލުން ގޯތި ވިނަވެ އަލުން ފޫޓް އަޅަން ޖެހިއްޖެ ނަމަ އަޅައި ދެވޭނީ އިތުރު އަގަކާއި އެކުގައި ކަމުގައި ދަންނަވަމެވެ. ނަމަވެސް ގޯތި ފައުންޑޭޝަން އެޅުމަށް އަލުން ފޫޓްއެޅުން އިސްތިސްނާ ވާނެއެވެ. އަދި ގޯތީގެ ބޭނުން ނުކޮށް ވިނަކޮއްފައިވާ ގޯތި ތަކާއި މެދު ޕްލޭނިންގ މިނިސްޓްރީގެ ގަވައިދާ އެއްގޮތަށް އަމަލުކުރެވޭނެ ކަމުގައި ވެސް ދަންނަވަމެވެ.            

             ވީމާ، މިހާތަނަށް ގޯތި ދޫކުރެވިފައިވާ ހުރިހާ ފަރާތްތަކުން އަދި ރަށުގައި ފަޅުވެފައިވާ ގޯތިތަށް ނިސްބަތްވާ ފަރާތްތަކުން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ގޯތިތަކާއި މަގުތަށް ސާފުކޮއްފައި ބޭއްވުމަށް ދަންނަ ވަމެވެ. އެހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޛުލްޤައިދާ 1441

24  ޖޫން  2020

24 ޖޫން 2020
ހޯދާ