މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ސްޓޭޖްސަރަހައްދުގައި ހުރި ފެންތާނގީތައް އެތަނުން ނަގާ ، ތުޤާ މިސްކިތު ގޯތިތެރެއަށް ބަދަލު ކުރުން

ނ،ކެނދިކުޅުދޫ ކުޅުދޫ އަވަށު ސްޓޭޖް ސަރަޙައްދުގައި މިހާރު ބަހައްޓާފައި ހުރި ފެންތާނގީތައް  އެތަނުން ނަގާއި، ކުޅުދޫ '' މަސްޖިދުއްތުޤާ '' ގެ ގޯތި ތެރެއަށް ބަދަލު ކުރަން ބޭނުން ވެއްޖެއެވެ.

ވީމާ މިމަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ މީޓިންގ ކުރާ ރޫމަށް ވަޑައިގެން މަޢުލުމާތު ސާފުކުރުމަށް ފަހު 07 ޖުލައި  2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

           ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

 03   ޛުލްޤައިދާ 1441    

24   ޖޫން    2020   

24 ޖޫން 2020
ހޯދާ