މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އައި.ސީ.ޓީ ޑިވިޜަންށް ބޭނުންވާ މަޤާމުތައް:

މަޤާމް:

ވެބް ޑިވެލޮޕަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ އާއި އިނާޔަތްތައް:        

  • ދެފަރާތް އެއްބަސްވާ ގޮތުގެ މަތީން.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ޑިގްރީ -  ކޮމްޕިއުޓަރ ސައިންސް  ދާއިރާގެ ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ގެ ރޮގުން، ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ
  • އެފަދަ ދާއިރާއެއްގައި  މަދުވެގެން 3  އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ގާބިލްކަން ހުރުން.  
  • ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.
  • އެން.އޯ.އެސް.ކިއު.އެލް ނުވަތަ އެސް.ކިއު.އެލް ޑޭޓާބޭސްއަށް ފަރިތަވުމާއިއެކު ބެކްއެންޑް ޑޭޓާ ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ ޙުނަރު ލިބިފައިވުން.
  • ރެސްޓްފުލް ސާރވިސެސްއަށް ފަރިތަވުމާއިއެކު ބެކްއެންޑް ޑޭޓާ ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ ޙުނަރު ލިބިފައިވުން.
  • ރެސްޕޯންސިވް ޔޫ.އައި ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމުގެ ޙުނަރު ލިބިފައިވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ވެބް ސަރވަރ ތަކާއި އޮޕަރޭޓް ކުރާ ސިސްޓަމްތައް އަޕްގްރޭޑްކޮށް މެއިންޓެއިންކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
  • މިމަސައްކަތުގައި ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  •  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ އިންޓްރާނެޓްއާއި ކޯރޕަރޭޓް ވެބްސައިޓް ތަރައްޤީކުރުމުގެ އެންމެހާ މަސައްކަތް މެނޭޖްކުރުން؛ ކުންފުނީގެ ވެބް ޕޯރޓްފޯލިއޯގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ދުވަހުން ދުވަހަށް ކުރުން، މިކަމުގައި ދިމާވާ މައްސަލަ ބަލާ ދިރާސާކޮށް ލަފާ ދިނުން އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދަމަހައްޓައި އަދި މިކަމާއި ބެހޭ ރިޕޯރޓް ތައްޔާރުކުރުން.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަގާމުތައް

 

މަޤާމް:

އެސިސްޓަންޓް އިންވެންޓްރީ އޮފިސަރ (ސ. ހުޅުމީދޫ)

 

ބޭނުންވާ އަދަދު:           

01

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު

 

މުސާރަ:        

  • 10, 520.00 – 7,215.00ރ. އާއި ދެމެދު.
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ސ. ހުޅުމީދޫ ސައިޓް

 

ޝަރުޠު                 

  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށްފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ހުޅުމީދޫ ސައިޓްގެ އިންވެންޓްރީ ބެލެހެއްޓުމާއި އިދާރީ މަސައްކަތައްކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯރޓް ތައްޔާރުކުރުން.

 

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  29 ޖޫން 2020 ން 09 ޖުލައި 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2020  ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001149 / 3001141 

އީމެއިލް: [email protected]         

އިތުރު މަޢުލޫމާތު:

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

23 ޖޫން 2020

23 ޖޫން 2020
ހޯދާ