މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކަށް ބޭނުންވާ ތާމޯމީޓަރު ހޯދުމަށް ކުރެވުނު ޢިއުލާން ބާތިލް ކުރުން

 

 ސްކޫލްތަކަށް ބޭނުންވާ 500 ތާމޯމީޓަރު ހޯދުމަށް 2020 ޖޫން 05 ވަނަ ދުވަހު ކުރެވުނު މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/22/2020/52 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިއިޢުލާން ބާތިލް ކުރެވިފައިވަނީ ކޮވިޑް-19 ގުޅިގެން ސްކޫލްތައް ބައްދުކުރުމަށްފަހު 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށް މިމިނިސްޓްރީން ނިންމާ، އަދި ކިޔެވުން ފެށުމުގެ ކުރިން ޓާމޯމީޓަރުތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ، ހުށަހަޅާފައިވާ ބީލަންތަކުގައި ތަކެތި ސަޕްލައިކުރުމަށް ބީލަންވެރިން ހުށަހަޅާފައިވާ މުއްދަތުގައި އެތަކެތި ހޯދުމަށްފަހު އަތޮޅުތެރޭގެ ސްކޫލްތަކަށް 2020 ޖުލައި 1 ގެ ކުރިން ފޮނުވޭނެކަމަށް ނުފެންނާތީއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

އީ-މެއިލް: [email protected]

 

29 ޝައްވާލު 1441

21 ޖޫން 2020
ހޯދާ