މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތް

އިޢުލާން

 

ވިޔަފާރި ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތް

 

      ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 14 ޖޫން 2020 ގެ ނިޔަލަށް އިތުރުކުރުމާއެކު، މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ނަގާފައިނުވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަރމިޓް ޕޯޓަލް https://www.police.gov.mv/permit/  މެދުވެރިކޮށް ހުއްދަ ނެގުމަށްފަހު ވިޔަފާރިކުރެވޭނެ ވާހަކަ ދަންނަވަމެވެ.  

 

ހުއްދައަށް އެދެވޭނެ ފަރާތްތައް އަދި ޚިދުމަތް ދެވޭނެ ގޮތް:

1-    މުދާ ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމަށް.

2-    ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފިޓީރިއާ ފަދަ ތަންތަނުން، ކާބޯތަކެތި ޑެލިވަރކުރުމަށް.

3-    ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން، ޓެއިލަރޝޮޕް، ރިޕެއަރ އެންޑް މެއިންޓަނަންސް ފަދަ ޚިދުމަތްތައް ދިނުމަށް.

4-    ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ އޮފީހުގައި މަސައްކަތްކުރުމަށް.

 

މިމުއްދަތުގެ ތެރޭގައި، ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ހެނދުނު 9.00 އިން ރޭގަނޑު 9.00 އަށެވެ. ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ، ހެނދުނު 9.00 އިން މެންދަމު 12:00 އަށެވެ.

 

އަދި، 15 ޖޫން 2020 އިން ފެށިގެން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަށް ރިޢާޔަތްކޮށް ލުއި ދިނުމުން، އިތުރު ހުއްދައެއް ނުނަގާ، ވިޔަފާރިކުރުމަށް ހުޅުވާލެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މިއިޢުލާނުގައިވާ ގޮތުގެ މަތިން ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

 

މިއިޢުލާނާއި ގުޅިގެން މި މިނިސްޓްރީން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުނަމަ، 1691 އަށް ގުޅުއްވުމަށް އެދެމެވެ.

12 ޖޫން 2020
ހޯދާ