ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންޞާރު މިސްކިތު ވުޟޫކުރާބައިން މިސްކިތަށް ވަނުމަށް ހެދިފައިވާ ފެންޑާ މަރާމާތުކުރުމާގުޅޭ

އިޢުލާން

އަންޞޯރު މިސްކިތު ވުޟޫކުރާބައިން މިސްކިތަށް ވަނުމަށް ހެދިފައިވާ ފެންޑާ މަރާމާތުކުރުމާގުޅޭ

                 ހއ.ކެލާ އަންޞޯރު މިސްކިތު ވުޟޫކުރާބައިން މިސްކިތަށް ވަނުމަށް ހެދިފައިވާ ފެންޑާ ކެލާ ކައުންސިލްގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

              ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

17 ޖޫން 2020

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

23 ޖޫން 2020

އަންގާރަ

11:00

 

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2020 އިން 23 ޖޫން 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މައުލޫމާތު ކަރުދާސް 14 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

                     10 ޖޫން 2020

10 ޖޫން 2020
ހޯދާ