ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ އިޢުލާން

މި އިޢުލާންވަނީ 11 ޖޫން 2020 21:59 ގައި ބާތިލް ކުރެވިފައެވެ.


                                                                   ނަންބަރ:  (IUL)GS-216-PROCUMNET/GS-216/2020/24

                                                           

                     ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)GS-216-PROCUMNET/GS-216/2020/23 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޖޫން 17 ވާ ބުދަ ދުވަހު 11:00ގެ ކުރިން މި ސްކޫލުގެ މެއިލް[email protected]  މެދުވެރިކޮށް ސިޓީއަކުން އަންގާ ރަޖިސްޓްރީވުން އެދެމެވެ. ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ވެފައިވާ ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މި ބީލަމުގައި ބައިވެރިވާނަމަ، ސިޓީ ފޮނުވަން ޖެހޭނީ، މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ރަސްމީ ލެޓަރހެޑުގައެވެ.
  3. މި ކަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތިނަދޫ ސްކޫލު މީޓިންގ ރޫމުގައެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2020 ޖޫން 23 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އެންގޭނެއެވެ.
  5. މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.    
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

ތިނަދޫ ސްކޫލް

ގދ.ތިނަދޫ

ފޯން: 6842050/6842060

އީ-މެއިލް[email protected]

                                    11 ޖޫން 2020

                                                                        މުޙައްމަދު ޢަޖީބް

                                                                          ޕްރިންސިޕަލް

11 ޖޫން 2020
ހޯދާ