ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން

މި އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2020/54   އިޢުލާނާ އެކު އާންމު ކުރި "ގޯތި ލިބޭ މީހުންގެ ލިސްޓް" އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

ވީމާ،" 20 ނޮވެންބަރު 2019 ގައި މި އިދާރާއިން އާންމުކޮށްފައިވާ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ޗެކްކުރުމަށްފަހު އާންމުކުރި ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓް" އާއި "މި އިދާރާގެ ނަންބަރު (IUL)399-MS/399/2020/54   އިޢުލާނާ އެކު އާންމު ކުރި ގޯތި ލިބޭ މީހުންގެ ލިސްޓް" މި ދެލިސްޓް އަޅާ ކިޔުމަށްފަހު ޕޮއިންޓް ލިބުމުގައި އެއްވެސް މައްސަލައެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ޖޫން 2020 އިން 19 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.  ޝަކުވާ ހުށަހަޅާނީ އެކަމައްޓަކައި މި އިދާރާއިން ތައްޔާރުކޮށްފައިވާ "ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" އިން ނެވެ. އެ ފޯމުގެ ހާރޑް ކޮޕީ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނުވަތަ އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ ގޫގަލް ފޯމުއިންނެވެ. އަދި މި ދެ ލިސްޓާއި ޝަކުވާ ހުށަހަޅާ ފޯމް މި އިޢުލާނާ އެކު އެޓޭޗްކުރެވިފައިވާނެއެވެ.

10 ޖޫން 2020
ހޯދާ