ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވިލިމާލެ އިން ޕީއެސްއެމްއަށް ލިބިފައިވާ ބިމުގައި ހުރި ރުއްގަސް ކަނޑައި ބިންސާފްކޮށް، ބިންގަނޑު ލެވެލް ކުރުމާއި ގުޅޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 09 ޖޫން 2020 1736 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/46

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-10 -20) PSM-GA /2019/396

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ވިލިމާލެ އިން ޕީއެސްއެމްއަށް ލިބިފައިވާ ބިމުގައި ހުރި ރުއްގަސް ކަނޑައި ބިންސާފްކޮށް، ބިންގަނޑު ލެވެލް ކުރުމާއި ގުޅޭ މަސައްކަތްކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  •  ބިން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު

1- ބިމުގެ ސަރަޙައްދުގައި (ޕަބްލިކް ސަރވިސް މީޑިއާ އިން ފާހަގަކޮށްފައިވާ) ހުރި ރުއް، ގަސް ކަނޑާ ބުޑްތަކާއެކު ބިމުންކޮނެ ނަގާ އުކާލާ ސާފްކުރުން.

2- ބިމުގައިހުރި ،ގައު ތާކާއި ، ގައުކުނޑިތައް އުކާލާ ބިންސާފްކުރުން

3- ބިމުގެ ސަރަޙައްދުގައިހުރި އެހެނިހެންތަކެތި ނަގައި، ވިނަތައް ނޮޅާ އުކާލާ ސާފްކުރުން.

4- ބިމުގެ ސަރަހައްދު  ކުނި ނަގާ އުކާލުމަށްފަހު ބިން ލެވެލްކޮށް އެއްވަރު ކުރުން.

5- ބިން ލެވެލް ކުރާއިރު އުފެދޭކުންޏާއި ، ގައުފަދަ ތަކެތި ނަގާ އުކާލާ ބިން ސާފްކުރުން.

6- ޕީއެސްއެމް ބިމުގެ ހުރި ގަސްތައްނަގާ ބިން ސާފުކުރާ އިރު  ސާފު ކުރަން ބުނެފައިވާ ސަރަހައްދައް އެހެން ގަހެއްގެ  އޮފިތައް ވަދެފައިވާނަމަ އެ އޮފިތައް ކޮށާ ސާފުކުރުން

 

  • ވިލިމާލެގައިވާ ބިމުގެ ސަރަހައްދުގެ ބޮޑު މިނަކީ 1200 (ބާރަސަތޭކަ) އަކަ މީޓަރެވެ. (12916.69 އަކަ ފޫޓު). ނުވަތަ   40މ × 30މ އެވެ
  • ރުއްގަސް ކެނޑުމަށް ހަމަޖެހިފައިވަނީ ވެށި މަގުން ފެށިގެން ހުޅަނގައް  އިމުގެ ތެރެއިން 7 މީޓަރު ދޫކުރުމަށް ފަހުގައެވެ.މި ގޮތުން ދޫކޮއްލެވޭ ސަރަހައްދު ގެ ދިގުމިނުގައި 40 މީޓަރ އަދި ފުޅާމިނުގައި 7 މީޓަރު ހުންނަންވާނެއެވެ.
  • ބިންސާފު ކޮއްނިމިފައި އޮންނަ އިރު ސާފުކުރެވިފައި އޮންނާނެ  ސަރަހައްދު ގެ ބޮޑުމިނަކީ 40މ × 23މ އެވެ.
  • ވިލިމާލޭ ޕީއެސްއެމް ބިމުގެ ޗާރޓް މި އިޢުލާނާއެކު އެޓޭޗްކޮށްފައި ވާނެއެވެ.
  • އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންނަމަ ގުޅުއްވާނީ ޢަލީސަލީމް 7905785 (މެނޭޖަރ ޕްރޮޖެކްޓްސް).

 

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ، ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  •  ކުންފުންޏެއްނަމަ،/ އަމިއްލަ ފަރުދެއްނަމަ،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ:

  • އަމިއްލަ ފަރުދެއްނަމަ،

6-  އައިޑީކާރޑްގެ ކޮޕީ: 

7- ޓެކްސް އަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ސެޓްފިކެޓްގެ ކޮޕީ: ނުކުރާނަމަ އެކަންއެގޭނެލިޔުމެއް.

 

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،
  • 1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ ދިހަ ޕަސެންޓް އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

ޕްރޮޕޯސަލް ބާޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތު ފުރިހަމަނުވުން
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

މަސައްކަތްކޮށްދޭނެއަގު ހުށަހަޅާނެގޮތް:

  • އަގު ހުށަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
  • ޖީއެސްޓީ ވަކިން އެގެންއޮންނަންވާނެއެވެ.

 

ޕޮއިންޓްދެވޭނެގޮތް

  • މަސައްކަތުގެ ޖުމްލައަގު:      60 ޕޮއިންޓް
  • މަސައްކަތް ނިންމާނެ މުއްދަތު:  30 ޕޮއިންޓް
  • މަސައްކަތުގެ ތަޖްރިބާ:       05 ޕޮއިންޓް
  • ޕްރޮފައިލް:              05 ޕޮއިންޓް

ސުންގަޑި:

  • (15 ޖޫން 2020 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

                 15 ޝައްވާލް 1441       

                 07 ޖޫން 2020    

09 ޖޫން 2020
ހޯދާ