އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލްގެ އިދާރާ ހުޅުވުން

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތަށް ބަންދުކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ސަރުކާރުގެ އޮފީސްތަކުން ހަފްތާއަކު 3 ދުވަހު  (ހޯމަ، އަންގާރަ، ބުދަ) ދުވަހު އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކާއި، ދޭންޖެހޭ ހިދުމަތްތަށް ދިނުމަށް ހަމަޖައްސާފައިވާތީ ދަންނަވަމެވެ.

      މި ކައުންސިލްގެ އިދަރާއިން ހިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު ނަންބަރު 7853133 /7909133 އާއި ގުޅުއްވުން އެދެމެވެ. މީގެ އިތުރުން ނުރަސްމީ ގަޑީގައިވެސް މިނަންބަރާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

07 ޖޫން 2020
ހޯދާ