މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތް

                                                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި  ގުޅިގެން، ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު IUL)13-K/13/2020/134) އިޢުލާންގައިވާ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް އަންނަނިވި ބަދަލުތައްވަނީ ގެނެވިފައެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރަހަށް މެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ.

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖޫން 2020 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/18,000ރ (އަށާރަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 2020 އޭޕްރިލް 14 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލު މިޕްރޮޖެކްޓުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

8. ބިޑު ހުޅުވުން އޮންނާނީ 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : +960 3349106 | +960 3349147 | +960 3349115

އީ-މެއިލް :[email protected]

ކޮޕީ    : [email protected]

04 ޖޫން 2020
ހޯދާ