މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހއ. ކެލާ މަދަރުސަތުލް ޝައިޚް އިބްރާހީމް ސުކޫލްގެ މަލްޓިޕާޕަސް ހޯލް އަދި 1 ކުލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

1. ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި  ގުޅިގެން، ހއ. ކެލާ މަދަރުސަތުލް ޝައިޚް އިބްރާހީމް ސުކޫލްގެ މަލްޓިޕާޕަސް ހޯލް އަދި 1 ކުލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު IUL)13-K/13/2020/136) އިޢުލާންގައިވާ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް އަންނަނިވި ބަދަލުތައްވަނީ ގެނެވިފައެވެ.

2. މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

3. މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. ކޮންމެ ބީލަމެއްގެ ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 މާރިޗު 2020 އިން 1 ޖުލައި 2020 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv/) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑަރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 10 މާރިޗު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/25,000ރ (ފަންސަވީސް ހާސް ރުފިޔާ)ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 ޖޫން 2020 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2 ޖުލައި 2020ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 9603349115+| 9603349147+| 9603349106+

އީމެއިލް : [email protected]

ކޮޕީ  : [email protected]

 

3 ޖޫން 2020

04 ޖޫން 2020
ހޯދާ