ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޝަތު ހުޅުވާލުން

ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމަށް ހުސްވެފައި ވާ 3 ޖާގަ އަށް ކުރިމަތި ލުމުގެ ފުރުޝަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ބޭނުންވާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލް އިދާރާ އިން އެކަމަށް އެދޭ ފޯމުނަންގަވާ ،ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 3 ފަރާތްހޮވުމުގައި އެއްބަސްވުމާއި ހިލާފުނުވެ މިހާރު މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މިހާރު މަސްކެނޑުމުގެ ޚިދުމަތް ނުދޭ ފަރާތްތަކަކުން ކުރިމަތިލައްވައިފިނަމަ ހޮވޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

ފޯމްދޫކުރުމާއި ފޯމް ބަލައިގަތުން 8 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 17 ޖޫން 2020 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް އޮފީސް ހުޅުވާފައި ހުންނަ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ. އޮފީސް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއަކު ހޯމަ، އަންގާރަ އަދި ބުދަ މި ތިން ދުވަހުގެ ހެނދުނު 9:00ން 13:00އަށެވެ.

03 ޖޫން 2020
ހޯދާ