އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚާއްޞަ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކާއި ގުޅޭ

އިޢުލާން

       އާރކް އެއިޑްގެ ފަރާތުން ޚާއްޞާ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކަށް ( ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ބެލެނިވެރިން، އެކަނިވެރިމައިން، ކޮވިޑްގެސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަށް) ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާތީ، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް އެދޭ ފަރާތްތަކުން  04 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އޮފީހުގެ ނަންބަރު 6885753 ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށް ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.

- ފުރިހަމަނަން:

- ދާއިމީ އެޑްރެސް:

- މިހާރު ދިރިއުޅޭ އެޑްރެސް:

- އައި.ޑީ.ކާޑު ނަންބަރު:

- ދަރިން ތިބިނަމަ (ކުދިންގެ ފުރިހަމަ ނަން :އައި.ޑީ.ކާޑު ނަންބަރު، އުމުރު)

- އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އެލަވަންސް ލިބޭފަރާތެއްތޯ؟

- ޢާއިލާއާއި ގުޅޭނެ މޮބައިލް ނަންބަރު:

އަދި މީގެ  އިތުރުންވެސް މިފަދަ ޚާއްޞަ  ކާރިސާއެއް  ނުވަތަ  ޙާލަތެއް ދިމާވެއްޖެނަމަ ޚާއްޞަ  އެހީތެރިކަމާއި  އަޅާލުން  ބޭނުންވާ  ޢާއިލާތަކުގެ މަޢުލޫމާތު، އެ ހާދިސާއެއް ހިނގާތާ ހަފްތާއެއްގެ ތެރޭގައި މިއޮފީހަށް އެންގެވުން އެދެމެވެ.

 

10 ޝައްވާލް  1440

02 ޖޫން 2020
ހޯދާ