އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

                                         ނަންބަރު: GS58/IUL/2020/09

އިޢުލާން

މިއިޢުލާނާ ގުޅިގެން އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު GS58/IUL/2020/08  (04 މެއި 2020) އިޢުލާން ބާޠިލްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

މަސައްކަތް

އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަޢުލޫމާތު ދިނުން

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 02 ޖޫން 2020 ވާ އަންގާރަ ދުވަހުން ފެށިގެން 10 ޖޫން 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑިގައި އީމެއިލް އަދި އެސްއެމްއެސް  މެދުވެރިކޮށް ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

ނަންނޯޓް ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުނީގެ ނަން:

ފޯންނަންބަރު :

އީމެއިލް އެޑްރެސް :

މަސްޢޫލުވެރިފަރާތް :

މަތީގައި ދެންނެވުނު މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވެވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު އަދި ބިޑްފޮތް 11 ޖޫން 2020 ވާ ބުރާސްފަތި ދުވަހު 10:00 އިން 14:00 ދެމެދު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބިޑް ހުޅުވުން

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ޙާއްޞަ ޙާލަތަށް އިތުރު ބަދަލެއް ނާންނަނަމަ މިމަސައްކަތާއި ގުޅޭ ބިޑް ހުށަހެޅުން އޮންނާނީ 16 ޖޫން 2020 ވާ އަންގާރަދުވަހު 11:00 އަށް އައްޑޫ ހައިސްކޫލްގައެވެ.

މިތާރީޚަށް އިތުރު ބަދަލެއް އަންނަނަމަ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ލިޔުމުން އެކަން އަންގާނެ ވާހަކަ ދަންނަވަމެވެ.

ކޮވިޑް19 އާއި ގުޅިގެން ކަނޑައަޅާފައިވާ ޙާއްޞަ ޙާލަތާއި ގުޅިގެން ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ 14 ޖޫން 2020 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން އެމަޢުލޫމާތު ސްކޫލާއި ހިއްސާ ކުރެއްވުމުން އެފަދަ ފަރާތްތަކަށް ދަތުރުފަތުރުގެ ހުއްދަ ހޯދުމަށް އީއޯސީ މެދުވެރިކޮށް މަސައްކަތްކުރާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މައުލޫމާތު

މިއިޢުލާނާއި ގުޅިގެން ސާފުކުރައްވަން ބޭނުންވާ އެއްވެސް އިތުރު މަޢުލޫމާތެއްވާނަމަ 10 ޖޫން 2020 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected] އެޑްރެހަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު [email protected] މެއިލްކުރެއްވުމަށް ދަންނަވަމެވެ.

އަދި އެސްއެމްއެސް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު 9885062 އެސްއެމްއެސް ކުރެއްވުމަށް ދަންނަވަމެވެ.

 

 

                09 ޝައްވާލް 1441 ހ.

               01 ޖޫން    2020 މ.

01 ޖޫން 2020
ހޯދާ