ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާއާއި ގުޅިގެން ބަންދު ކުރެވިފައިވާ ކުޅިވަރު ދަނޑުތައް އަލުން ހުޅުވުމާއި ގުޅޭ

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ 03/2020 (26 މެއި 2020) ދެންނެވުމާއި އެއްގޮތަށް ކުޅުދުއްފުށީގެ ކުޅިވަރު ކުޅޭ ދަނޑުތައް 26 މެއި 2020 އިން ފެށިގެން ހުޅުވާލަން ކުޅުދުއްފުށީ ކޮވްޑް-19 ޓާސްކް ފޯސް އިން ނިންމާފައި ވާކަން  އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ހަވާލާ ދެވުނު ދެންނެވުމުގައި ބަޔާން ކޮށްފައިވާ ބީދައިން ގިނަ އަދަދެއްގެ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ކުޅުދުއްފުށީ ކޮވްޑް-19 ޓާސްކް ފޯސް އިން ހިތްވަރު ނުދޭކަން މި ފުރުޞަތުގައި ފާހަގަ ކުރަމެވެ. ކުޅިވަރާއި ކަސްރަތުގެ ތެރޭގައި އުޅުއްވާ އިރުވެސް އާންމު ސާފުތާހިރު ކަމުގެ މިންގަޑުތައް ހިފޭޓުމަށް ނަސޭހަތް ތެރިވަމެވެ. މި ގޮތުން ކުޅު ނުޖެހުމާއި މޫނުމަތީގައި އަތް ހޭކުން ފަދަ ކަންކަމުން ދުރުވުމަކީ މުހިންމު ކަމެއް ކަމުގައި ހަނދާން ކޮށްދެމެވެ. ރޯގާ ނުވަތަ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންމެންގެ ރައްކަލަށްޓަކައި ގޭގައި މަޑުކުރުމަށްވެސް ނަސޭހަތްތެރިވަމެވެ. އިޖްތިމާޢީ ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން އިޙްތިޔާރު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

26 މޭ 2020
ހޯދާ