ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

މި ކައުންސިލްގެ 2 (ދޭއް) ނަމްބަރު ރުއްގަނޑު 5 (ފަހެއް)  އަހަރަށް ކުއްޔަށް  ދޫކުރަން  ނިންމައިފީމެވެ. މި ރުއްގަނޑުގެ ރުއްތައް ހުރި ތަންތަނާއި ޢަދަދު ތިރީގައި އެވަނީއެވެ.

 

#

ރުއްހުރި ތަން

ފޯދުނު

ނުފޯދޭ

01

ބުޅާ މިސްކިތްމަގުން ފެށިގެން ޒިޔާރަތަމަގާއި ދެމެދުގައިވާ ނަންބަރު 2 ޖަހާފައިވާ ރުއްތައް   

80

01

 

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1250/- (ބާރަސަތޭކަ ފަންސާސް) ރުފިޔާއެވެ. މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 މެއި 31 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 2 (ދޭއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖޫން 03 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

30 ރަމަޟާން 1441

              23   މެއި   2020

23 މޭ 2020
ހޯދާ