މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުން މަޑުޖައްސާލިކަން އެންގުން

އިޢުލާން

 

ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުން މަޑުޖައްސާލިކަން އެންގުން

 

ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުމަށް އެކުލަވާލި އުސޫލުގައިވާ ބައެއްކަންކަމަށް ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން، މިކަންބޮޑުވުންތަކަށް ރިޔާޔަތްކޮށް އުސޫލަށް ބަދަލުގެނައުމަށް ކައުންސިލުން ބޭނުންވެއެވެ. ނަމަވެސް، މިއުސޫލަށް ބަދަލު ގެނައުމަށްޓަކައި، ރައްރަށުން ބިންދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން،  ކައުންސިލަށް ލިބިދޭ އިޚުތިޔާރުތަކުގެ ދަށުން ބިންދޫކުރެވޭ ހަމަތަކަށް ރިޔާޔަތްކޮށް، ކޮވިޑް 19 ގެ ޚާއްސަ ޙާލަތުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކަކަށް ދަނޑުބިން ދޫކުރެވޭނެ ޙާއްސަ ގޮތްތަކެއް ކަނޑައެޅުމަށް ކައުންސިލުން މިގެންދަނީ ސަރުކާރާއިއެކު މަޝްވަރާކުރަމުންނެވެ.

މިހެންވެ، އަލުން އުސޫލު އިސްލާޚުކުރުމަށްޓަކައި މިއިދާރާގެ ނަންބަރު (IUL)299/299/2020/15 (23 މެއި 2020) އިއުލާނުން އާންމުކޮށްފައިވާ ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ދޫކުރުމުގެ އުސޫލާއި، އަދި މިއުސޫލުގެ ދަށުން، ކޮވިޑް 19 އާއި ގުޅިގެން ރ. ވާދޫއިން ދަނޑުބިން ހޯދުމަށް ފުރުސަތު ހުޅުވާލާ ކުރި މިއިދާރާގެ ނަންބަރު (IUL)299/299/2020/16 (23 މެއި 2020) އިޢުލާން ބާތިލް ކުރެވިފައިވާކަމުގައި ދެންނެވީމެވެ.

އަދި މިއުސޫލު އިސްލާހުކޮށް، ކަމާގުޅޭ އިދާރާތަކުގެ ލަފާހޯދުމަށްފަހު އަލުން ގެޒެޓުކުރެ ކުރެވުނުހާ އަވަހަކަށް ދަނޑުވެރިކަމަށް ފުރުސަތު ހުޅުވާލާނެކަމުގައިވެސް ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.

27 މޭ 2020
ހޯދާ