މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބޯޓު " އުފުލި 3 " ރަޖިސްޓްރީ ނަންބަރު:G4107A-03 10-T ނީލަމުގައި ވިއްކާލުމާ ބެހޭ

ބޯޓު " އުފުލި 3 "  ރަޖިސްޓްރީ ނަންބަރު:G4107A-03 10-T   ، ނީލަމުގައި ވިއްކާލުމަށް 10 މެއި 2020 ގައި  ކޮށްފައިވާ ނަންބަރު: (IUL)438-PRCU/438/2020/12 އިއުލާނު ބާތިލްކޮށް ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

އުޅަނދުގެ ތަފްޞީލް:

ބާވަތް:

ބޯޓު

ނަން:     

އުފުލި 3

ރަޖިސްޓްރީ ނަންބަރު:

G4107A-03 10-T

މުދަލުގެ ތަފްޞީލް:

ދިގުމިން: 26.000 މީޓަރު، ފުޅާމިން: 8.000 މީޓަރު، ފުންމިން: 2.010 މީޓަރު، ގްރޮސްޓަނޭޖް: 200,000 .މި ބޯޓަކީ ސްޓީލް (ދަނގަޑު) އިން ބަނދެފައި އޮތް ބޯޓެކެވެ. މި ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ 08 ފެބުރުވަރީ 1996 ގައެވެ.

ނީލަމުގެ ތަފުޞީލު:

ނީލަމް ފެށޭ އަގަކީ  30,000/- (ތިރީސް ހާސް ދިވެހި ރުފިޔާ)

ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5,000/- (ފަސް ހާސް ދިވެހި ރުފިޔާ)

ނީލަމް ނިމޭ ތާރީޚް ތާޜީޚް:4 ޖޫން 2020

މި ނީލަން ކުރިޔަށްދާނީ 26 އޮގަސްޓު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައިވާ "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނެއްތައިލުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލު" އާ އެއްގޮތް ވާ ގޮތުގެ މަތިންނެވެ. މިގޮތުން އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސިޓީން އަގު ހުށަހަޅާ ނީލަމް ކުރިއަށްގެންދާ ގޮތަށް މި ނީލަންކުރިއަށް ދާނެއެވެ.

21 މެއި 2020 ގެ 1300  އިން ފެށިގެން 4 ޖޫން 2020 ގެ 1300 އާ ހަމައަށް ސިޓިން އަގުހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޮންމެ ދުވަހެއްގެ 1300 ގެ ކުރިން ހުށަހަޅާ އަގުތައް މި މިނިސްޓްރީގެ ވެބްސައިޓުގައި އެދުވަހެއްގެ 1400 ގެ ކުރިން ޝާއިރުކުރެވޭނެއެވެ.

މި ނީލަމުގެ މުއްދަތު (21 މެއި 2020- 4 ޖޫން 2020) ތެރޭގައި ޖެހިޖެހިގެން 48 (ސާޅިސް އަށެއް) ގަޑިއިރު ވަންދެން އެންމެ މަތީ އަގެއްގެ ގޮތުގައި އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތައް ނީލަން ކާމިޔާބުވީކަމަށް ބަލައި ނީލަން ނިންމައި ލެވޭނެއެވެ.

4 ޖޫން 2020 ގެ 1300 ފަހު ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެއެވެ. އޭގެ ފަހުން ހުށަހަޅާ އެއްވެސް އަގެއް ބަލައެއް ނުގަނެވޭނެއެވެ.

އަގު ހުށަހެޅުން:

އަގު ހުށަހެޅުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލްކުރައްވާއިރު ސަބްޖެކްޓް ގައި "Auction of Ufuli-3" ލިޔެފައި އޮންނަން ވާނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

އަމިއްލަ ފަރުދެއްނަމަ

  • ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ގެ ކޮޕީ) / ގުޅޭނެ ފޯނު ނަންބަރާއެކު ސާފުކޮށް

ކުންފުންޏަކުންނަމަ

  • ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
  • ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • ކުންފުނީގެ ވެރި ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ގެ ކޮޕީ)

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

 ނޯޓް: ބޯޓު "އުފުލި -3" އޮތީ ކ. ތިލަފުށީގެ ކުނިގޮޑު ސަރަހައްދުގައެވެ.  މި ބޯޓު ބަލަން ބޭނުންވެއްޖަނަމަ، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު އަމިއްލަ ޚަރަދުގައި ތިލަފުށްޓަށް ވަޑައިގެން ބޯޓު ބެލުމުގެ ފުރުސަތު އޮންނާނެއެވެ.

21 މޭ 2020
ހޯދާ