ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމްގެ މުވައްޒަފުންނަށް ކެއުން ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މެނޫ އާއި އެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/45

 

 

 

އިޢުލާން

ލޮކްޑައުން ޙާލަތުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ކެއުން ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މެނޫ އާއި އެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކެއުން ސަޕްލައި ކުރަންޖެހޭ މުއްދަތު: ޢީދު ދުވަހުން ފެށިގެން ލޮކްޑައުންގެ ޙާލަތާއި ގުޅިގެން މަސައްކަތް ކުރުމަށް ޕީއެސްއެމްއިން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން މުވައްޒަފުން މަސައްކަތްކުރާ އުޞޫލަށް ބަދަލު ގެނެއުމާއި ހަމައަށް.

ނޯޓް: ލޮކްޑައުންގެ ޙާލަތު ބަދަލުވެ ޕީއެސްއެމްއިން ލޮކޮޑައުން ޙާލަތުގައި މަސައްކަތް ކުރަމުން ދިޔަގޮތް ނޫންގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ އެޑްވާންސްކޮށް އެއް ދުވަސް ކުރިއަށް ސަޕްލައި ކޮށްދިނުމަށް ކަނޑައަޅާފައިވާ ފަރާތަށް އެންގުމަށްފަހު ކުރިއަށް ހުރި އޯޑަރުތައް ކެންސަލް ކުރުމުގެ އިޙްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

ބޭނުންވާ ކަންތައް (ކޯޓޭޝަން ހުށަހަޅަން ބޭނުންވާ މަޢުލޫމާތު):

  1. ޕީއެސްއެމްގެ މައި ދެބިލްޑިންގް (ޓީވީ އަދި ރޭޑިއޯ ބިލްޑިންގް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، ޢާންމުކޮށް ކާގަޑިތަކާއި ސައިގަޑިތަކުގައި ( 6 ރޯދަ ދުވަސް ތަކުގައި ހާރު/ރޯދަ ވީއްލުން/ތަރާވީސް، އެހެނިހެން ދުވަސް ތަކުގައި ހެދުނުސައި/މެންދުރު ކެއުން/ހަވީރު ސައި/ރޭގަނޑު ކެއުން) ކެއުމުގެ ކަންތައް ހަމަޖައްސައިދިނުން.
  2. އަގު: ދުވާލަކަށް ބޮލަކަށް ބޮޑުވެގެން 200ރ ގެ ރޭޓުން.
  3. ދުވާލަކު ސަޕްލައިކުރަންޖެހޭ ޢަދަދު 63 މީހުންގެ ކެއުން
  4. ސަޕްލައިކުރާ ކާތެކެތި ހުންނަންވާނީ ބުފޭއަށް ސަރވިސްދޭ އާލާތްތަކުގައި ކެއުން ބަހައްޓައިގެން ކާއެއްޗެހި ނަގައިގެން ކެވޭގޮތަށް
  5. ޑެލިވަރީ ކުރަންޖެހޭނީ ޚިދުމަތްދޭ ފަރާތުގެ އަމިއްލަ ޚަރަދުގައި އަދި 2 ޢީމާރާތަށް ވަކިން (2 ޢިމަރާތަކީ؛ ޓީވީ ބިލްޑިންގް / ބުރުޒުމަގު އަދި ރޭޑިއޯ ބިލްޑިންގ / އަމީނީ މަގު). ކޮންމެ ބިލްޑީންގ އަކަށް ސަޕްލައި ކުރަންޖެހޭ އަދަދު ވަކިން ސަޕްލައިކުރަންޖެހޭ ގަޑީގެ 5 ގަޑިއިރު ކުރިން ޙިއްޞާ ކުރެވޭނެ.
  6. އަގު (ކޯޓޭޝަން) އާއިއެކު މެނޫ ހުށަހަޅާނީ ކޮންމެ ޖަދުވަލަކަށްވެސް ވަކިންނެވެ.

މެނޫގައި ކޮންމެހެން ހުންނަންޖެހޭ މަދު މިންވަރު:

  1. ފިޠުރު ޢީދު ދުވަސް ޖަދުވަލު 1 ގައި
  2.  ޝައްވާލު މަހުގެ 6 ރޯދަ: ޖަދުވަލު 2 ގައި
  3. 6 ރޯދަ ނިމުމުން (8 ޝައްވާލުން ފެށިގެން): ޖަދުވަލު 3 ގައި

 

 

ޖަދުވަލު 1: ފިތުރުއީދު ދުވަސް (ފިތުރު އީދު ދުވަހު މެނޫގައި ކޮންމެހެން ހުންނަންޖެހޭ ތަކެތި)

ހެނދުނު ސައި:

ރޮށި، ސައިޑް ޑިޝްއެއް (މަސްހުނި / ކުޅިމަސް / ބޭކެޑް ބީންސް ފަދަ ކޮންމެވެސް އެއްވައްތަރެއް ހުންނަންވާނެ)، އަވެލި މޮޑެފަ، ވަޅޯމަސް، ކާށި

މެންދުރު ކެއުން:

ބިރިޔާނި، ގްރިލްޑް ޗިކެން، ރޮށި، ރިހަ، 2 ވައްތަރު ސެލެޑް، ޕާޕަރު، ފޮނިކާއެއްޗެއް ނުވަތަ ފްރެޝް ފުރުޓްސް، ފްރެޝް ޖޫސް

ރޭގަނޑު ކެއުން:

ރައީސް ޑިޝްއެއް (ބިރިޔާނި / ފްރައިޑް ރައިސް ފަދަ ކޮންމެވެސް ވައްތަރެއްގެ ބަތެއް)، ރިހަ، ސެލެޑް، ރޮށި ނުވަތަ ފަރާޓާ، ފޮނިކާ އެއްޗެއް، ފްރެޝް ޖޫސް

 

ޖަދުވަލު 2: (ޝައްވާލު މަހުގެ 6 ރޯދަ މެނޫގައި ކޮންމެހެން ހުންނަންޖެހޭ ތަކެތި)

ރޯދަ ވީއްލާ ގަޑި:

ފްރެޝް ޖޫސް، ކަދުރު، ހެދިކާ، 2 ވައްތަރު ސެލެޑް، ރައީސް ޑިޝްއެއް (ފްރައިޑް ރައީސް / ބިރިޔާނި ފަދަ ކޮންމެވެސް ވައްތަރެއް)، ރޮށި (މަދުވެގެން 370)، ކޮންމެވެސް ވަތަރެއްގެ ރިހައެއް (މޮޑެގެން ކާލެވޭ ގޮތަށް ހުންނަ)، ފޮނިކާއެއްޗެއް

ތަރާވީސްގަޑި:

ހެދިކާ (3ވައްތަރުގެ ކުޅި / 2 ވައްތަރުގެ ފޮނި) ފްރެޝް ޖޫހެއް

ހާރު ގަޑި:

ފްރެޝް ޖޫސް، ރައީސް ޑިޝްއެށް (ފްރައިޑް ރައީސް / ބިރިޔާނި ފަދަ ކޮންމެވެސް ވައްތަރެއް)، ރޮށި (މަދުވެގެން 270)، ކޮންމެވެސް ވަތަރެއްގެ ރިހައެއް (މޮޑެގެން ކާލެވޭ ގޮތަށް ހުންނަ)، ސެލެޑެއް.

 

ޖަދުވަލު 3: (އާންމު ދުވަސްތަކުގައި (ޝައްވާލު މަހުގެ 8ން ފެށިގެން އަންނަ ދުވަސްތަކުގެ) މެނޫގައި ކޮންމެހެން ހުންނަންޖެހޭ ތަކެތި)

ހެނދުނު ސައި:

ރޮށި، ސައިޑް ޑިޝްއެއް (މަސްހުނި / ކުޅިމަސް / ބޭކެޑް ބީންސް ފަދަ ކޮންމެވެސް އެއްވައްތަރެއް ހުންނަންވާނެ)، ފްރެޝް ފްރުޓްސް

މެންދުރު ކެއުން:

ރައީސް ޑިޝްއެއް (ބިރިޔާނި / ފްރައިޑް ރައިސް ފަދަ ކޮންމެވެސް ވައްތަރެއްގެ ބަތެއް)، ރޮށި ނުވަތަ ފަރާޓާ، ކޮންމެވެސް ވަތަރެއްގެ ރިހައެއް (މޮޑެގެން ކާލެވޭ ގޮތަށް ހުންނަ)، ސެލެޑެއް، ފްރެޝް ޖޫސް

ހަވީރު ސައި:

ހެދިކާ (3ވައްތަރުގެ ކުޅި / 2 ވައްތަރުގެ ފޮނި)

ރޭގަނޑު ކެއުން:

ރައީސް ޑިޝްއެއް (ބިރިޔާނި / ފްރައިޑް ރައިސް ފަދަ ކޮންމެވެސް ވައްތަރެއްގެ ބަތެއް)، ރޮށި ނުވަތަ ފަރާޓާ، ކޮންމެވެސް ވަތަރެއްގެ ރިހައެއް (މޮޑެގެން ކާލެވޭ ގޮތަށް ހުންނަ)، ސެލެޑެއް ، ފްރެޝް ޖޫސް

 

ކާ ތަކެތި ތައްޔާރު ކުރުމާއި، ޕެކް ކުރުމާއި ޑެލިވަރީ ކުރުމުގައި ސިއްޙީ ސަލާމަތްތެރިކަމަށް (ފުޑް ހައިޖީން ކަން) ޔަޤީންކޮށްދިނުން:

މިއީ ދުނިޔައަށް އައިސްގެން އުޅޭ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން މާލެއަށް ދިމާވެގެން އުޅޭ ދުވަސްވަރެއްކަމުން ކާތަކެތި ތައްޔަރުކުރުމާއި، ޕެކްކުރުމާއި ޑެލިވަރީ ކުރުމާއި، ތައްޔާރުކުރާ ކާއެއްޗެތީގެ ސާފުތާހިރުކަމަށް (ފުޑް ހައިޖީންއަށް) ޚައްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އަދި ކަމެއް ދިމާވެގެން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި އެކަން ބެލޭނޮގޮތް ހަދައިދޭންވާނެއެވެ. މިގޮތުން

  1. ކޮންމެ ކެއުމެއް (މީލެއް) ކައްކާ ގަޑިގައި މުވައްޒަފުން ތިބޭ ސްޓޭޓަސް އެނގޭނެ ގޮތުގެ ފޮޓޯއެއް ނަގައި ވައިބަރ ކުރުން.
  2. ކޮންމެ ގަޑިއެއްގެ މީލް ޕެކް ކުރިއިރު މުވައްޒަފުން ތިބިގޮތް ދައްކައިދޭ ފޮޓޯއެއް ނަގައި ވައިބަރ ކުރުން
  3. ޑެލިވަރީކުރާއިރު ފުޑް ޕެކްކުރި ކޮތަޅުގެ ބޭރުން ޑެލިވަރީ ހެނޑްލް ކުރުމަށް 2 ވަނަ ކޮތަޅެއްލުން
  4. ކައްކާ މީހުންނާއި، ޕެކްކުރާ މީހުންނާއި ޑެލިކުރާ މީހުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ކޮވިޑަށް ޝައްކުކުރެވޭ ކަމެއް ނުވަތަ އެމުވައްޒަފު ހުންނަ ތަނަކުން އެފަދަކަމެއް ފެނިއްޖެނަމަ އެކަން ޕީއެސްއެމްއަށް ވަގުތުން އެންގުން. އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާކަން ޔަޤީންކޮށްދިނުން.
  5. މައްސަލައެއް ދިމާވާއިރު މިއިން ކަމަކާއި ޚިލާފުވެފައިވާނަމަ އިތުރު އިންޒާރަކާއި ނުލައި ކުރިއަށް ހުރި އޯޑަރުތައް އެއްކޮށް ކެންސަލްކުރުމުގެ އިޚްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

މެނޫއާއި އެކު ކޯޓޭޝަން ހުށަހަޅާ ފަރާތުގައި ހުންނަޖެހޭ ޝަރުތުތައް އަދި ހުށަހަޅަންޖެހޭ ލިއުންތައް:

  1. ކޯޓޭޝަން (ލިއުމުން ވަކިން ކޯޓޭޝަން ހުށަހަޅަންޖެހޭނެ)
  2. މެނޫ (ތަފްޞިލްކޮށް ލިއުމުން ހުށަހަޅަންޖެހޭނެ)
  3. ކެއުމުގެ ޚިދުމަތް ދިނުމަށް ރަސްމީ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައިވުން (ލިއުން ހުށަހަށަންޖެހޭނެ)
  4. ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިއޮތުން (ލިއުން ހުށަހަޅަންޖެހޭނެ)
  5. ލޮކްޑައުން ޙާލަތުގައި ކައްކައި ޑެލިވަރީކޮށްދިނުމުގެ ލައިސެންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން (ލިއުން ހުށަހަޅަންޖެހޭނެ)
  6. ކެއުމުގެ ޚިދުމަތް ދިނުމުގައި މަދުވެގެން 6 މަސްދުވަސް ވެފައިވާ ފަރާތެއް ކަމުގައިވުން (ލިއުން ހުށަހަޅަންޖެހޭނެ)
  7. އަމިއްލަ ޚަރަދުގައި ޑެލިވަރީ ކޮށްދިނުން

ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައް:

  1. ދީފައިވާ އަގަށް (ދުވާލަކަށް ބޮލަކަށްޖެހޭ އަގު) ވުރެ ބޮޑުނުވުމާއި ހުށަހަޅާ އަގަށް.
  2. ހުށަހަޅާ މެނޫގެ ވެރައިޓި (ހަފްތާގެ ދުވަސް ތަފާތު ވާގޮތައް)
  3. ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިއުންތައް ފުރިހަމަވެފައިވުން.
  4. ޖަދުވަލްތަކަށް ހުށަހަޅާފައިވާ އަގާއި މެނޫ ވަކިވަކިން (3 ބަޔަށް (ޖަދުވަލްތަކަށް) ވަކިން ކޯޓޭޝަން އާއިއެކު މެނޫ ހުށަހަޅަން އޮތުމުން ކޮންމެ ބައެއްވެސް އެވޯރޑް ކުރެވޭނީ އެކަމަށް (އެޖަދުވަލަކަށް) އެންމެ ރަނގަޅަށް ހުށަހަޅާފައިވާ އަގައި މެނޫއަށް ބަލައިގެންނެވެ.)

ކޯޓޭޝަން ހުށަހަޅަން ޖެހޭ ތާރީޚާއި ގަޑި އަދި ތަން:

  1. ތަން: ޕީއެސްއެމް ޕްރޮކިއޮމަންޓަށް އެޑްރެސްކޮށް އިމެއިލްއިން. އީމެއިލް އެޑްރެހަކީ ([email protected])
  2. ތާރީޚް އާއި ގަޑި: 19 މެއި 2020 ގެ މެންދުރު 12:00 ގެ ކުރިން.

 

23 ރަމަޟާން 1441             

                                 16 މެއި 2020        

16 މޭ 2020
ހޯދާ