މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

 

އިޢުލާން

1441 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

1441 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވި ކަދުރު މިކައުންސިލަށް 13 މެއި 2020 ވީ ބުދަ ދުވަހުވަނީ ލިބިފައެވެ. މިއަހަރު މިކައުންސިލަށް ލިބިފައިވަނީ 2 ކިލޯގެ 70 ޕެކެޓް ކަދުރެވެ.

ކަދުރު މިރަށުގައި ބަހާނީ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ 11 ގޭބީސީއަށް، ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ނެގުމަށްފަހު ބާކީ ހުރި ޕެކެޓް، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ޕެކެޓެއް ދޫކުރާ އުޞޫލުންނެވެ. މިގޮތުން ބާކީ ހުންނަ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން މިރަށަށް ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.

ކަދުރު ދޫކުރުން އޮންނާނީ 2020 މެއި 17، 18، 19 މި 3 ދުވަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރު 12:00 ށް މާކުރަތު ކައުންސިލްގެ އިދާރާގައެވެ. މިމުއްދަތު ހަމަވާއިރު ބާކީ ކަދުރު ހުރިނަމަ އިތުރަށް ކަދުރު ބޭނުންވާ ފަރާތްތަކަށް ކަދުރު ދޫކޮށް ހުސްކޮށްލެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގަޑީގައި ކަދުރުޕެކެޓާއި ހަވާލުވުމަށް ކޮންމެ ގެއަކުން ބޭފުޅަކު މިއިދާރާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަމަޟާން 1441

14 މޭ 2020
ހޯދާ