ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ،މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 21 މެއި 2020 ވަނަ ދުވަހުގެ 11:00 ގަޑި އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް:1 ޖޫން 2020
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓް

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް  ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވިފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ.

މި އިޢްލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވޭނީ (ޤާނޫނު ނަންބަރު:2014/18) އާއި (ޤާނޫނު ނަންބަރު:2014/19)މި ދެ ޤާނޫނުގައިވާ ގޮތުގެމަތިން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

14 މޭ 2020
ހޯދާ