އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރަށުގެ ފިހާރަތަށް ޑެލިވެރީގެ ޚިދުމަތް ފެށުމާގުޅޭ

އިޢުލާން

 

ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރަށުގެ ފިހާރަތަށް ޑެލިވެރީގެ ޚިދުމަތް ފެށުމާގުޅޭ

 

              ޤާނޫނު ނަމްބަރު 2010/7 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ޔ)(ޗ)އާއި، ޤާނޫނު ނަމްބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ށ)(ނ) އިން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިދަންނަވާ ފިޔަވަޅުތަށް އެޅުމަށް އަންގާ އިޢުލާންކުރަމެވެ.

  1.  2020 އޭޕްރީލް 21 ވާ އަންގާރަ ދުވަހުގެ ހަވީރު 18.00 އިން ފެށިގެން 2020 އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18.00 ގެ ނިޔަލަށް މިރަށުގެ ފިހާރަތަކުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތްދިނުމަކީ މަނާކަމެއްކަމާއި ހަމައެކަނި ޑެލިވަރީގެ ޙިދުމަތް ދިނުމަށް ފިހާރަތަކަށް އަންގާ އިޢުލާންކުރަމެވެ.
  2. ކޮންމެހެން ފިހާރަޔަކަށް ބޭރަށްދާންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ޓާސްކް ފޯސްގެ މެމްބަރަކާއި ޙިއްސާކުރަށްވާ އެކަމަށް ދޫކުރާ ފާސް ނަންގަވާގެން ދިއުން
  3. ޟަރޫރީ ބޭނުންތަކަށް ބޭރަށް ގޮސް އުޅުމުގައި ގައިދުރުކަން ބެހެއްޓުމާއި ފިހާރަތަކުން ގެނެވޭމުދާ ރައްކާތެރިކަމާއެކު ބޭނުން ކުރުމާއި ގިނަގިނައިން އަތްދޮވެ ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރުން

            އަދި ދަންނަވަމެ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ޓާސްކުފޯސްގެ ލަފާގެމަތިން މިކުރެވޭ މަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑުއެދުމެކެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           27 ޝަޢުބާން 1441

                  20 އޭޕްރީލް 2020

20 އޭޕްރިލް 2020
ހޯދާ