މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގައިތިބި އިންޑިއާ ރައްޔިތުން އިންޑިއާއަށް ގެންދިއުން

އިޢުލާން

 

ރާއްޖޭގައިތިބި އިންޑިއާ ރައްޔިތުން އިންޑިއާއަށް ގެންދިއުން

ކޮވިޑް-19 އާއި ގުޅިގެން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އެޤައުމަށް ގެންދަން އިންޑިއާގެ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން، އެޤައުމަށް އެބުރި ދާން ބޭނުންވެފައި ތިބި ފަރާތްތައް ގެންދިއުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މިގޮތުން އަތޮޅުތެރޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެޤައުމަށް އެބުރި ދާންބޭނުންވާ ފަރާތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ބޭނުންވެއެވެ.

މިރަށުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެޤައުމަށް އެބުރިދާން ބޭނުންވާ ފަރާތްތަކުން ދާންބޭނުންވާކަން ނުވަތަ ނޫންކަން 12 މެއި 2020 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ވުނަ މޮޑިއުލްގައި ރެކޯޑުކުރެއްވުމަށް އަންގަވާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބިދޭސީންގެ ދަފުތަރުގައި ނުހިމެނޭ އިންޑިއާ ރައްޔިތެއް މިވަގުތު މިރަށުގައި ހުރިނަމަވެސް އެފަރާތެއްގެ މަޢުލޫމާތު ހިމެނޭގޮތަށް ވުނައިގައި އަޕްޑޭޓްކުރުމަށް އަންގަވާފައިވެއެވެ.

މިގޮތަށް ދާންބޭނުންވާ ފަރާތްތައް މާލޭ ދިއުމުގެ ދަތުރު ޚަރަދާއި، ދަތުރު އިންތިޒާމްތައް ހަމަޖައްސާނީ އެމީހަކު އަމިއްލައަށް ކަމަށާއި އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު އެޤައުމުގެ  މަނަވަރެއްގައި ކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.                        

ވީމާ، މިރަށުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ މަޢުލޫމާތު ވުނަ މޮޑިއުލް މެދުވެރިކޮށް މަތީގައި ބަޔާން ކޮށްފައިވާ ސުންގަޑީގެ ކުރިން ފޮނުވުމަށްޓަކައި އެމަޢުލޫމާތު މިކައުންސިލާއި ހިއްޞާކޮށް ދެއްވުން އެދި ދަންނަވަމެވެ. މިކައުންސިލްގެ އިދާރާ ހުޅުވިފައި ހުންނާނީ ހުކުރު، ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރު 12:30  ށެވެ.  

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ރަމަޟާން 1441

11 މޭ 2020
ހޯދާ