ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް މިހާލަތުގައި ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުސޫލް

ތަކަންދޫ މޮނިޓަރިންގ ޙާލަތައް ގެނެސްފައިވާތީ ތަކަންދޫ ގައި ކުއްލި ޙާލަތުގައި އަމަލު ކުރަންވީ އުސޫލު

 • ރަށަށް އަރާ ފޭބުން އެއްކޮށް މަނާކުރުން.
 • ގެއިން ބޭރަށް ނިކުމެއުޅުމުގައި ޟަރޫރީ ހަލާތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުން. (ފިނި ބުރު ޖެހުމާއި ،ރަށު ތެރޭ އަދި ބަނދަރު ސަރައްދުގައި ގުރޫޕް ހަދާފައި އުޅުން މަނާ ވާނެ)
 • ޟަރޫރީ ބޭނުމަށް ގޭން ނިކުތުމަށް ޓާސްކް ފޯސް ފަރާތުން ދޫކުރެވިފައިވާ ފާސް ބޭނުންކުރުން، ގޭން ބޭރުގައި އުޅެވޭނީ  ހެނދުނު 6:00 ކުންރޭގަނޑު 10:00 ކަށެވެ. މިނޫން ވަގުތެއްގައި ޟަރޫރީ ބޭނުމަކަށް ގެއިން ބޭރަށް ނިކުތުމަށް ބޭނުންވެއްޖެނަމަ ޓާސްކްފޯސް ޙޮޓްލައިން ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
 • ކަރަންޓީން ކުރެވިފައިވާ ގެތަކުން ކުނި އުކާލުމާއި ޟަރޫރީ އެހެނިހެން ބޭނުންތަކަށް ޓާސްކް ފޯސް ގެ އެޙީތެރިކަން ހޯދުން.
 • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުމެ އުޅޭ އިރު ހުރިހާ ފަރާތްތަކުންވެސް މާސްކު ބޭނުން ކުރުން.
 • އިޖްތިމާއީ ގައިދުރުކަން ކަށަވަރު ވާގޮތަށް ، ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އެއްފަހަރާ 3 ފަރާތައްވުރެއް ގިނަ ނުވާ ގޮތަށް ފިހާރަތަކުން ހިދުމަތް ދިނުން،އެޗް.ޕީ.އޭ ގެ ލަފަޔާ އެއްގޮތައް ފިހާރަތައް ދުވަހުން ދުވަހަށް ޑިސްއިންފެކްޓް ކުރަމުން ގެންދިއުން.
 • ކާބޯތަކެތި ހަދާ ވިއްކުމަށް ހުއްދަދެވިފައިވާ އެއްވެސް ތަނަކުން ޓޭކްއަވޭގެ ޚިދުމަތް ފިޔަވާ އެހެން އެއްވެސް ޚިދުމަތެއް ނުދިނުން.
 • ރަށަށް އަރާ ފައިބާ ފަރާތްތަކުގެ މޮނީޓަރިން އިތުރަށް ހަރުދަނާކުރުން.
 • އެޗް.ޕީ. އޭ އަދި ޞިއްޙީ ޚިދުމަތް ދެއްވާ އޮފިޝަލުން އަންގާ އެންމެހާ އެންގުންތައް ފުރިހަމައަށް އަމަލުކުރުން.
 • ހޮޓްލައިން ނަންބަރު: 9925489
 • ޒަރޫރީ ބޭނުންތަކުގައި (ކާބޯތަކެތިފޯރުކުރުން،މަސްވެރިކަން ކުރުމަށް،) ރަށުން ފުރާ ފަރާތްތަކުން ފުރަބަންދުގައި ވާ އުސޫލާ އެއްގޮތައް ކައުންސިލުން ހުއްދަ ހޯދުމަށްފަހު ރަށުންފުރުން. މިގޮތުން ރަށުންފުރަން ބޭނުންވާ ދުވަހުގެ ކުރީދުވަހުގެ ހެނދުނު 10:00 އިން 13:00 އާއި ދެމެދު ހުއްދައައްއެދި ހޮޓްލައިން ނަންބަރު: 9925489 ނުވަތަ 9902343 އަށް ގުޅުއްވައިގެން ދަތުރު ހަމަޖެއްސެވުން.

 

 ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމުގެ ގޮތުން ޖިސްމާނީ ގައިދުރުކަން ޤާއިމުކުރުމަށް އިލްތިމާސްކުރަމެވެ. އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ. ތަކަންދުއަކީ ޕޮޒިޓިވް ކޭސް ތަކެއް ފެނި އެ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓްސް ކަރަންޓީން ގައި ބައިތިއްބާފައިވާ އަދި އެ ބޭފުޅުންގެ ސާމްޕަލް ތައް ނުނެގި އޮތްރަށަކަށްވުމުން މިކަމަށް އިތުރަށް ސާމާލް ވެ ރައްކާތެރިވުމަށް އިލްތިމާސް ކުރަމެވެ.

             ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

10 މޭ 2020
ހޯދާ