ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް އޮފިސަރ

މަޤާމް:              ޓްރައިބިއުނަލް އޮފިސަރ

މަޤާމުގެ ބާވަތް:         ދާއިމީ

ޢަދަދު:              01

މުސާރަ:             -/6295

ޢިނާޔަތް:           

     ސަރވިސް އެލަވަންސް:  -/2000

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:     

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހާޟިރުކުރަންޖެހޭ ފަރާތްތައް ޓްރައިބިއުނަލަށް ހާޟިރުކުރުމުގެ ކަންތައްތައް ކުރުން.
  • މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
  • ޓްރައިބިއުނަލުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތާއި ގުޅޭގޮތުން ޓްރައިބިއުނަލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ، ވާރކްޝޮޕް އަދި ސެމިނަރތައް ރާވާ ހިންގުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން އާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޓްރައިބިއުނަލުގެ އިންވެންޓްރީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާއި އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާ އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރު ކުރުމަށްޓަކައި، އެމަސައްކަތްކުރާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރުން.
  • މުވައްޒަފުންނާއި ގުޅިގެން އެޗް.އާރު އިން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރައިބިއުނަލުގެ މުވައްޒަފުންގެ މުސާރަ ހެދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރުން.
  • ޓްރައިބިއުނަލަށް ގަންނަންޖެހޭ ތަކެއްޗާއި، ހޯދަންޖެހޭ ޚިދުމަތް މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގަތުމާއި ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރުން.
  • ބިޑްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔުންތަކާއި، ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމާއި ބިޑްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރުން.
  • ޓްރައިބިއުނަލްގެ މަސައްކަތްތަކާއި ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އައި.ޓީ ސެކްޝަނަށް ފޮނުވުން އަދި ޓްރައިބިއުނަލްގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމުގައާއި އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުން.

ފެންވަރު ނުވަތަ ޝަރުތު:   1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ

                   2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، އަދި މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތ

                   3. އެޑްވާންސް ސެޓްފިކެޓްއިން ޝަރީޢާ ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން: މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރިމިންވަރު ވަޒަންކުރުމުގައި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަން އިސްކަންދެވޭނެއެވެ.  

އިތުރު މަޢުލޫމާތު: މި މަޤާމަށް ކުރިމަތިލާ ފަރާތްތައް ތިއަރީ ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެމަ، އެކަންކަމާއި ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް ހުޅަހަޅާނީ 07 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޓްރައިބިއުނަލްގެ އީމެއިލު ([email protected]) މެދުވެރިކޮށްނެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ 03 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ.

28 އޭޕްރިލް 2020
ހޯދާ