ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

1441ވަނަ އަހަރުގެފިޠުރު ޒަކާތް ބަލައިގަތުމާބެހޭ:

މިއަހަރު ރަމަޟާން މަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1441 (25 އެޕްރީލް 2020) އިން ފެށިގެން 27 ރަމަޟާން 1441 (20 މޭ 2020)ވާ ބުދަ ދުވަހުގެ 16:00ގެ ނިޔަލަށެވެ.

ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތްނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު (ގޮވާމުގެ) ބާވަތްތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ މިންވަރަށްވާ ފައިސާއިންނެވެ.

ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން މިއިދާރާއިން މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފައިސާ އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ސްލިޕް ވައިބަރ ކުރައްވާއިރު ( ޒަކާތް ދެއްކި ގޭގެނަން، މީހުންގެ ޢަދަދު، ދެއްކި ބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭގޮތަށް ތަފްޞީލު ލިޔުއްވަން ވާނެއެވެ.

އެކައުންޓް ނަންބަރު: 004 700471 7712 (ގއ. މާމެންދޫ ކައުންސިލްގެ އިދާރާ)

ވައިބަރ ނަންބަރު: 7444051

ބާވަތް

ރޭޓް (ބޮލަކަށް ދައްކަންޖެހޭ މިންވަރު)

އާދައިގެ ހަނޑޫ

11.52 (އެގާރަ ރުފިޔާ ފަންސާސް ދެލާރި)

ބާސްމަތީ (އާދައިގެ) ހަނޑޫ

72 (ހަތްދިހަ ދެ ރުފިޔާ)

ބާސްމަތީ (މޮޅު) ހަނޑޫ

91.20 ( ނުވަދިހަ އެއް ރުފިޔާ ވިހި ލާރި)

ތައިލެންޑު ހުދުހަނޑޫ

57.60 (ފަންސާސް ހަތް ރުފިޔާ ފަސްދޮޅަސް ލާރި)

ރަތް ހަނޑޫ

84 (އަށްޑިހަ ހަތަރު ރުފިޔާ)

އާދައިގެ ފުށް

9.12 (ނުވަ ރުފިޔާ ބާރަ ލާރި)

އާޓާ ފުށް

72 (ހަތްދިހަ ދެރުފިޔާ)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޭޕްރިލް 2020
ހޯދާ