ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 2 ރަމަޟާން 1441 ( 25 އޭޕްރީލް  2020) ހޮނިހިރު ދުވަހުން ފެށިގެން 23 ރަމަޟާން1441 (16 މެއި 2020 ) ވާ ހޮނިހިރު ދުވަހުގެ މެންދުރު 12.00 ގެ ނިޔަލަށް އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.  ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން  ( ގޮވާމުން) އެރަށެއްގައި 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެދަދަށްވާ  ފައިސާއެވެ.

 ހއ. ބާރަށުން ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

އާދައިހަނޑުލުން

ނަމަ މީހަކަށް

ތައިލެންޑު ހުދު

ހަނޑުލުން ނަމަ މީހަކަށް   

ބަސްމަތީ ހަނޑު

ލުންނަމަމީހަކަށް

ރަތް ހަނޑުލުން

ނަމަ މީހަކަށް

 

އާދައިގެ ފުށުން

ނަމަ މީހަކަށް

 އާޓާ ފުށުން

ނަމަ މީހަކަށް

-/12ރ (ބާރަ    ރުފިޔާ)

  -/48ރ

(ސާޅީސް އަށްރުފިޔާ)

  -/84ރ

( އަށްޑިހަ

ހަތަރު ރުފިޔާ)

 20/67ރ

(ފަސްދޮޅަސްހަތް

ރުފިޔާ/ވިހިލާރި

  60/9 ރ

(ނުވަރުފިޔާ/ ފަސްދޮޅަސްލާރި)

  -/60ރ

(ފަސްދޮޅަސް

ރުފިޔާ )

ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ  ކައުންސިލް އިދާރާގެ ތިރީގައިވާ މިވާ ބީ.އެމް.އެލް. އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓް ނަމްބަރު: 7714700430004

އެކައުންޓް ނަން:   KHARADHU 2 -1294

       ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރި/ ޓްރާންސްފަރ ކުރި ސްލިޕް އެމީހަކު 9833241 މިނަމްބަރަށް  ވައިބަރ އިން ފޮނުވައިދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާކްސް ގައި  ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި  މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.  

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                01 ރަމަޟާން 1441

                24 އޭޕްރީލް  2020

24 އޭޕްރިލް 2020
ހޯދާ