ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ.

1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ.

        ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (COVID-19) ދިވެހިރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން މިބަލިން ރައްކާތެރިވުމުގެ ގޮތުން 1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ރަސްމީކޮށް ބަލައިގަތުން ހަމަޖެހިފައިވަނީ 02 ރަމަޟާން 1441 (25 އެޕްރީލް 2020) ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ރަމަޟާން 1441  (20 މޭ 2020) ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ތިރީގައި މިދަންނަވާ ކައުންސިލްގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންފަރކޮށްގެންނެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެޢަދަދަށްވާ އަގެވެ.

 ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :

ބާވަތް

ރޭޓް

ޓްރާންސްފަރ ސްލިޕްގެ ރިމާރކްސް(ތަފްޞީލުގެ) ގޮތުގައި  ބޭނުންކުރާނެ ކޯޑްތައް.

އާދައިގެ ހަނޑޫ

-/12ރ

AH

ތައިލެންޑް ހުދު ހަނޑޫ

-/48ރ

TH

ބާސްމަތީ ހަނޑޫ

-/60ރ

BH

ރަތް ހަނޑޫ

-/72ރ

RH

އާދައިގެ ގޮދަންފުން

-/9ރ

AF

އާޓާ ފުށް

-/53ރ

AT

              ފައިސާ ޓްރާންސްފަރ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްކޮޅުގެ ރިމާރކްސް (ތަފްޞީލު) ގައި ފައިސާދެއްކި ފަރާތް، ގޭބިސީގެ ނަން، ފައިސާ ދެއްކި ބާވަތް އަދި ފައިސާ ދައްކަވަން ބޭނުންފުޅުވާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު ތިރީގައިވާ ނަންބަރަށް ސްލިޕް ވައިބަރ ކޮއްދެއްވުން އެދެމެވެ.

 ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން:7710700379004  (1467-ޚަރަދު-2 )

  • ސްލިޕް ވައިބަރ ކުރަންޖެހޭ ނަންބަރު: 9717107 
  • އެންމެ ބާވަތަކަށް ފައިސާ ދައްކަން ބޭނުންފުޅުވާނަމަ  (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01” މިގޮތަށް ލިޔަންވާނެއެވެ.
  • އެއްބާވަތަށްވުރެގިނަ ބާވަތްތަކުން ފައިސާ ދައްކަން ބޭނުންފުޅުވާނަމަ  (މިސާލަކަށް އާދައިގެ ހަނޑުލުން -/12ރ ގެ މަގުން 01 މީހަކަށް އަދި ބާސްމަތީ ހަނޑުލުން -/60ރ ގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި ފައިސާ ދައްކަވަން ބޭނުންފުޅުވާ ގޭބިސީގެ ނަން ލިޔުމަށްފަހު “AH01, BH01” މިގޮތަށް ލިޔަންވާނެއެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 އޭޕްރިލް 2020
ހޯދާ