މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ތަކެއްޗާ ގުޅޭ

ނޫސް ބަޔާން

            ވޭތުވެދިޔަ ތަނުގައި މި ކައުންސިލުގެ ފަރާތުން ކޮންމެ ރަމަޟާން މަހާއިގުޅިގެން ދެމުން ގެންދިޔަ ރޯދަ އިނާޔަތް ދިނުމުގައި ، މިހާރު ފެތުރެމުންދާ ނުރައްކާތރި ކޮރޯނާ ވައިރަހާ ގުޅިގެން އެކިގޮތްގޮތުން ދަތިތަކެއް ދިމާވެފައިވާތީ، މިހިނދުން މިހިނދަށް އިނާޔަތުގެ ގޮތުގައިދޭން ކަނޑައެޅި ތަކެތި ފޯރުކޮށް ދިނުން ލަސްވެފައިވާ ކަމުގައި ދެންނެވީމެވެ.

            އަދި، މިތަކެތި ދިނުމުގައި ހަމަޖެހިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ރިޢާޔަތް ކުރާއިރު ކައުންސިލްގެ ސީދާ އާމްދަނީން މި އެހީ ފޯރުކޮށް ނުދެވުނުކަމުގައި ވިޔަސް ، މިރަށުގައި މަސައްކަތް ކުރާ ސިނާޢީ ފަރާތް ތަކުގެ އެހީތެރި ކަންލިބިފައިވާތީ، ކައުންސިލުން ކަނޑައަޅާފައިވާ ގޮތުގެ މަތީން ރައްޔިތުންނަށް ވީހާވެސް އަވަހަށް އެތަކެތި ލިބޭނެ ކަމުގެ ޔަޤީންކަންދެމެވެ.

23 އޭޕްރިލް 2020
ހޯދާ