އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގައި ޢާންމު ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ

އިޢުލާން

  މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދިވެހިރާއްޖޭގައި ވެސް އިތުރުވަމުން ދިއުމާއިގުޅިގެންޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއިޤާނޫނު ނަންބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން  އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުމަކީ މަނާކަމެވެ. ޢާންމު ވިޔަފާރިތަކުން ދެވޭ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތް ކަމުގައި ދެންނެވީމެވެ. އަދި ވިޔަފާރިތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެރަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކުރެއްވުމުން އެފަރާތްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދެވޭނެއެވެ. 

  މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                 25 ޝަޢުބާން 1441

18 އޭޕްރިލް 2020
ހޯދާ